ޚަބަރު

ހުޅުމާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ބަދަލުކޮށްފި


ހުޅުމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަނުގެ ގޮތުގައި ބޭނުންކުރަމުން ދިޔަ ތަން އެހެން ސަރަހައްދަކަށް ބަދަލުކޮށްފިއެވެ.

ވޭސްޓް މެނޭޖަމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނީ ހުޅުމާލޭ އިރު ދެކުނު ފަރާތުގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަނުގެ ގޮތުގައި ބޭނުން ކުރަމުންދިޔަ ތަން ހުޅަނގު އުތުރު ފަރާތަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އަދި ދެން ބޭނުން ކުރާނީ އެސްޓީއޯ އިން ތަރައްޤީކުރާ ހޮޓަލާ އިންވެގެން އޮންނަ ސަރަހައްދު ކަމަށެވެ.

ވެމްކޯ އިން ބުނީ ހުޅުމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ސައިޓް ހުޅުވާފައި ހުންނާނީ ހެނދުނު ހަޔަކުން ރޭގަނޑު 12 އަށް ކަމަށާއި ސްޓޭޝަން ބަދަލުވި ނަމަވެސް ކުރިންވެސް ލިބުނު ހުރިހާ ޚިދުމަތްތަކެއް މިހާރުވެސް ލިބޭނެ ކަމަށެވެ.

މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ކުނި މެނޭޖުކުރުމުގެ ހުރިހާ މަސައްކަތްތަކެއް ފޯރުކޮށްދެމުން ދަނީ ވެމްކޯއިންނެވެ.