ކުޅިވަރު

ވަރލްޑްކަޕްގެ ތިންވަނަ ބެލްޖިއަމް ހޯދައިފި


2-0 ން އިންގްލެންޑް ބަލިކޮށް، ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ 3 ވަނަ ބެލްޖިއަމް ހޯދައިފިއެވެ.

ތިންވަނަ ކަނޑައަޅަން ކުޅުނު މެޗު ފަށައިގެން 4 ވަނަ މިނިޓްގައި ބެލްޖިއަމްއިން ވަނީ ލަނޑު ޖަހާ ލީޑް ނަގާފައެވެ. ބެލްޖިއަމްއަށް ލީޑް ނަގައިދިނީ ތޯމަސް މުނިއޭއެވެ. ޕީޓަރސްބާގްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ލަނޑު ޖަހަން އިންގްލެންޑަށްވެސް ފުރުޞަތު ލިބުނެވެ. އޭގެ ތެރޭގައި ކެޕްޓަން ހެރީކޭންއަށް ލިބުނު ދެ ފުރުޞަތު ހިމެނެއެވެ. ދެވަނަ ހާފްގައި ބެލްޖިއަމްއަށް ލީޑް ފުޅާކޮށްދިނީ ކެޕްޓަން ހަޒާޑެވެ. ދެވަނަ ހާފްގައި ބެލްޖިއަމްއިން ވަނީ ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްފައެވެ. އިންގްލެންޑުންވެސް ލަނޑުޖަހަން ފުރުޞަތު ތަނަވަސްކޮށް ބެލްޖިއަމްގެ ގޯލަށް ފޮނުވާލިއެވެ.

ފުރަތަމަ ހާފާއި، ދެވަނަ ހާފްގެ ކުރީކޮޅުވެސް ބެލްޖިއަމްގެ ފޯވާޑް ލުކާކޫ ކުރި މަސައްކަތް ނާކާމިޔާބުވުމުން ދެވަނަ ހާފްގައި އޭނާ ވަނީ ބަދަލުކޮށްފައެވެ. އެހެންކަމުން ރަން ބޫޓް ލިބުމުގެ ފުރުޞަތު ހެރީކޭންއަށް ވަނީ ވަރަށް ބޮޑުވެފައެވެ. އޭނާ ވަނީ މުބާރާތުގައި 6 ލަނޑު ޖަހާފައެވެ. އޭނާގެ ފަހަތުން ރަން ބޫޓް ހޯދުމުގެ ފުރުޞަތު އޮތް ކުޅުންތެރިންނާ ކޭންއާ ދެމެޗު 3 ގޯލްގެ ފަރަޤެއް އެބައޮތެވެ.

މިރޭގެ މޮޅާއެކު ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ތާރީޚުގައިވެސް ބެލްޖިއަމްގެ އެންމެ ބޮޑު ކާމިޔާބީއަކީ މިއީއެވެ.