ކުޅިވަރު

ނޭމާގެ ފިޒިއޯ ޕީއެސްޖީގެ ވަޒީފާއަށް


ބްރެޒިލްގެ ޤައުމީ ޓީމާއި ފޯވަޑް ނޭމާގެ ފިޒިއޯ ބުރޯނޯ މަޒިއޮއްޓީއަށް ފްރާންސްގެ ޕީއެސްޖީން ވަޒީފާ ދީފިއެވެ.
ބެލެވޭ ގޮތުގައި މިއީ ނޭމާ ކުލަބުގައި ބެހެއްޓުމަށް ބާރު އެޅުމުގެ ގޮތުން ޕީއެސްޖީން ކޮށްފައިވާ ކަމެކެވެ.

"އަހަރެންގެ ދެ ވަނަ ގެއަކީ ޕީއެސްޖީ. އަހަރެންގެ މަސައްކަތް ބަލައިގަނެ އެމީހުންގެ ޕްރޮޖެކްޓްގައި ބައިވެރިކުރީތީވެ ކުލަބަށް ޝުކުރު އަދާކުރަން،" މަޒިއޮއްޓީ އޭނާގެ އިންސްޓަގްރާމުގައި ލިޔެފައިވެއެވެ.

ޕީއެސްޖީގައި ނޭމާގެ އިތުރުން ބްރެޒިލްގެ ގިނަ ކުޅުންތެރިންތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ތިއާގޯ ސިލްވާ އާއި މާކުއިނޯސް އަދި ޑެނީ އަލްވެޒް ހިމެނެއެވެ. މި ކުޅުންތެރިން ތިބީ ޤައުމީ ޓީމުގެ ފިޒިއޯ އެމީހުންނާއެކު ކުލަބުގައި މަސައްކަތް ކުރަން އައުމުން ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ.