ޚަބަރު

ދިވެހިންގެ އިންސާނިއްޔަތުވަންތަކަން މީޑިއަރ ޓެލެތޯނުން ފެނިގެންދޭ-





 


ދިވެހީންގެ އިންސާނިއްޔަތު ކަމުގެ ސިފަ މިއަދު ވަރަށް ރަނގަޅަށް ހާމަވަމުންދާ ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ދިވެހީން ކުރަމުން އަންނަ މަސައްކަތް ފަޚުރުވެރިކަމާ އެކު ބަލައިގަންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް މުހައްމަދު ވިދާޅުވެއްޖެއެވެ.


 
އެމަނިކުފާނު މިހެން ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މީޑިއާތަކުން އިސްނަގައިގެން ކުރިއަށްގެންދާ ހެލްޕް ގާޒާ ޓެލެތޯން ޝޯވގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.


 
ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ،ފަލަސްތީނުގެ ޣައްޒާއިން ފެންނަމުން ދަނީ މުޅިންވެސް ހިތާމައާއި ކަރުނައިގެ އަސަރުތައް ކަމަށާއި، އެފަދަ ދަތިހާލެއްގައި ފަލަސްތީނުގެ ރައްޔިތުން އުޅެމުންދާއިރު، ދިވެހީންނަށްވީ ވަރަކުން އެކިގޮތްގޮތުން އެހީވަމުންދާތީ، އެކަމާ އުފާފުޅުކުރައްވާކަމަށެވެ.


 


ރޭގެ ހެލްޕް ގާޒާ ޓެލެތޯނުގައި އެއްލަ ރުފިޔާއަށް ވިއްކާ ޚާއްސަ 15 ޓީޝާޓުގެ ތެރެއިން މަސީހުގެ ނަންފުޅު ލިޔުއްވާފައިވާ ޓީޝާޓް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެމްޓީޑީސީން ގަތުމަށްފަހު، އެ ޓީޝާޓްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހަދިޔާކޮށްފައެވެ.