ޚަބަރު

ރައީސްގެ އަނބިކަނބަލުން ހެންވޭރުގެ ބައެއް ގެތަކަށް ޒިޔާރަތްކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ހެންވޭރުގެ ބައެއް ގޭގެއަށް ޒިޔާރަތްކުރައްވާ އެގޭގޭގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

ހެންވޭރުގެ ބައެއް ގޭގެއަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ޒިޔާރަތްކުރައްވާފައިމިވަނީ އެކަމަނާ ކުރިޔަށް ގެންދަވާ އެންމެ ގާތުން ކެމްޕޭންގެ ތެރެއިންނެވެ. މިގޮތުން ހެންވޭރުގެ 17 ގެއަކަށް ޒިޔާރަތްކުރައްވާ އެގޭތަކުގައި ދިރިއުޅޭ އާއިލާތަކާއި ވަނީ ބައްދަލުކުރައްވާފައެވެ. އަދި އެ އާއިލާތަކަށް ދިމާވެފައިވާ ދަތިތައްވެސް އޮޅުން ފިލުއްވާފައެވެ.

''އެންމެގާތުން ކެމްޕޭން''ގެ ދަށުން ފާތިމަތު އިބްރާހިމް ގެންދަވަނީ މާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްތަކަށްވެސް ޒިޔާރަތްކުރައްވަމުންނެވެ. އަދި އެ ދަތުރުތަކުގައި ރަށްރަށުގައި ދިރިއުޅޭ ނުކުޅެންދުންތެރިކަން ހުންނަ މީހުންނާއި ދަތި ހާލުގައި އުޅޭ ފަރާތްތަކާއިވެސް ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ.