ސިޔާސީ

އެމް.ޑީ.ޕީގެ ކެނޑިޑޭޓަށް ބަޔަކު ހުރަސްއެޅި މައްސަލަ ބަލަންފަށައިފި


އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިހަށް ތާއީދު ހޯދުމަށްޓަކައި އިއްޔެ ހިންގި ހަރަކާތްތަކަށް ބަޔަކު ހުރަސްއެޅި މައްސަލަ ބަލަމުންދާކަން ފުލުހުން ހާމަކޮށްފިއެވެ.

އިދިކޮޅު އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙާއި އޭނާގެ ކެމްޕެއިން ޓީމްގެ ފަރާތުން އިއްޔެ ހުޅުމާލޭގައި ކުރިއަށްގެންދިޔަ ޑޯޓުޑޯ ހަރަކާތަށް ހުރަސްއެޅައި އިބްރާހީމް މުޙައްމަދު ޞާލިހަށް ޙަމަލާދިނުމަށް ބަޔަކު މަސައްކަތްކޮށްފައިވާކަމަށް އެމް.ޑީ.ޕީން އިއްޔެ ވަނީ ބުނެފައެވެ. ނަމަވެސް އިބްރާހީމް މުޙައްމަދު ޞާލިޙްއަށް ޙަމަލާދޭން ބަޔަކު މަސައްކަތްކުރިކަން ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓް ހިންގި ސިޔާސީ ޙަރަކާތަކަށް ބަޔަކު ހުރަސްއެޅި މަސައްލަ ތަޙްޤީޤް ކުރަމުންދާކަމަށެވެ.