ކުޅިވަރު

ޕްރިމިއަރ ލީގު ކްރިކެޓް މުބާރާތް އަންނަ ހުކުރު ދުވަހު ފަށާނެ


ތިންވަނަ ޕްރިމިއަރ ލީގު ކްރިކެޓް މުބާރާތް އަންނަ ހުކުރު ދުވަހު ފަށަން ނިންމައިފިއެވެ.

މުބާރާތް ހުޅުވައިދޭނީ ވިޔަންސާއާއި ނިއުސްޓާއެވެ. މިމުބާރާތުގައި ހަތް ޓީމް ވާދަކުރާނެއެވެ. މުބާރާތުގައި ދެން ވާދަކުރަނީ ބީޖީ ސްޕޯރޓްސް ކްލަބް، މާލޭ ސްޕޯރޓްސް ކްލަބް، އެމް.އެސް ހެލްޕިންގ ހޭންޑް ސްޕޯރޓްސް އެކަޑަމީ، އަދި މިލާން ކްރިކެޓް އެކަޑަމީއެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 18 ވަނަ ދުވަހުއެވެ.

މީގެއިތުރުން ޗެމްޕިއަންޝިޕް މިމަހުގެ 17 ވަނަ ދުވަހު ފަށަންވެސް ކްރިކެޓް ބޯޑުން ވަނީ ނިންމާފައެވެ. މިމުބާރާތުގައި ވާދަކުރަނީ ތިން ޓީމެވެ. އެއީ އޮފް އެފްސީއާއި، ވެސްޓް ސްޕޯރޓްސް ކްލަބާއި، ހިންނަވަރު ހިރިޔާއެވެ. ފައިނަލް މެޗު ކުޅޭނީ މިމަހުގެ 26 ވަނަ ދުވަހުއެވެ.