ޚަބަރު

އައިޔޫއެމްގެ ވައިސް ޗާންސެލަރުގެ މަޤާމަށް ޚަލީލާ އައްޔަންކުރައްވައިފި


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރުގެ މަޤާމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ބޭފުޅަކު އައްޔަނުކުރައްވައިފިއެވެ.

މިމަޤާމަށް އައްޔަން ކުރެއްވީ ހދ. ވައިކަރަދޫ ބުލޫހައުސް، އާއިޝަތު ޚަލީލާ ޢަބްދުއްސައްތާރު އެވެ.

އައިޝަތު ޚަލީލާ އަކީ ދީނީ އިލްމުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އެކަމަނާ ވަނީ އަދާލަތު ޕާޓީގެ ޓިކެޓެއްގައި ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ކަމަށްވެސް ވާދަކުރައްވާފައެވެ.

ޤާނޫނުގައި ބުނެފައިވާ ގޮތުން ވައިސް ޗާންސެލަރަކީ ޔުނިވާސިޓީގެ މަޖިލީހުން ނިންމާ އުޞޫލުތަކާ އެއްގޮތަށް ޔުނިވާސިޓީގެ ތަޢުލީމީ، ޢިލްމީ އަދި އިދާރީ ކަންތައްތައް ހިންގާ އެންމެ އިސްވެރިޔާއެވެ.