ވެކޭޝަން އެކްސްޕޯ މިރޭ ނިންމާލުމުގެ ކުރިން މި އެކްސްޕޯގެ ތެރެއިން ހުޅުވާލައިފައިވާ ރަނުގެ ފުރުސަތުތަކުގެ ފުރިހަމަ ބޭނުން ހިފުމަށް ހައިރައިސްއިން އެދިއްޖެއެވެ. 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ވެކޭޝަން އެކްސްޕޯ އަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ވިޔަފާރި އިތުރަށް ކުރިއަރުވައި، އެ ދާއިރާއާ ގުޅުންހުރި ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި ޢާންމުންގެ މެދުގައި ގުޅުން ޤާއިމްކުރެވޭނެ ޕްލެޓްފޯމެއް އުފެއްދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ އެކްސްޕޯއެކެވެ.
ވެކޭޝަންސް އެކްސްޕޯގެ ތެރެއިން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ހައިރައިސްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރ މަރިޔަމް މާޢިޝާ ވިދާޅުވީ މި އަހަރު ގެ އެކްސްޕޯގައި 10 ދާއިރާ އަކުން 23 އެގްޒިބިޓަރުން ބައިވެރިވެފައިވާކަމަށެވެ. އެގޮތުން އެކްސިބިޓަރުންގެ އިތުރުން ސްޕޮންސަރުންގެ ފަރާތުން ބޮޑެތި އިނާމުތަކެއް ޢާންމުންނަށް ދޫކޮށްލާކަން، މާއިޝާ ފާހަގަކުރެއްވިއެވެ. މައިޝާ ވިދާޅުވީ އިނާމުތަކުގެ ތެރޭގައި ހައްޖާއި ޢުމްރާ ދަތުރުތަކުގެ އިތުރުން ދިވެހިން ބޮޑު އީދުގައި ދަތުރުކުރާ މައިގަނޑު މަންޒިލްތަކަށް 50 ޕަސެންޓް ޑިސްކައުންޓް ރޭޓްތަށްވެސް ހިމެނޭކަން ފާހަގަކުރެއްވިއެވެ.
މި އެކްސްޕޯ އަކީ މޯލްޑިވްސް ނޭޝަނަލް ޗެމްބަރ އޮފް ކޮމާރސްއިން އެންޑޯރސްކޮށް، އިނަރ މޯލްޑިވްސް އާއި ތައިލޭންޑް ޓޫރިޒަމް ގެ އިތުރުން އެލައިޑް އިންޝުއަރެންސް ސްޕޮންސަރ ކުރާ އެކްސްޕޯއެކެވެ.