ރައީސް ޔާމީން ކެމްޕެއިން ޓީމުން ގދ. ތިނަދޫގައި ޑޯޓުޑޯ ކެމްޕެއިން ފަށައިފިއެވެ. ތިނަދޫގައި މިހަރަކާތް ފައްޓަވައިދެއްވީ ނައިބުރައީސް އަބްދުﷲ ޖިހާދާއި ރައްޔިތުންގެ މަޖިލީހުންގެ ނާއިބު ރައީސް މޫސާ މަނިކުއެވެ.  
ރައީސް ޔާމީން ކެމްޕެއިން ޓީމުން ރާއްޖޭގެ އެކި އަތޮޅުތަކުގައި މިހަފްތާގައި ކުރިއަށްގެންދާ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ގދ. އަތޮޅުގައިވެސް ޓީމެއް ދަނީ ހަރަކާތްތެރިވަމުންނެވެ. ޕީޕީއެމުން ބުނީ ތިނަދޫގައިވެސް އެޕާޓީގެ މެންބަރުންނާއި ބައްދަލުކުމާއި ޑޯޓުޑޯ ކެމްޕެއިން ފަސްދުސްވަންދެން ކުރިޔަށް ގެންދާނެކަމަށެވެ. 
ތިނަދޫގައި ފެށި ޑޯޓުޑޯ ކެމްޕެއިންގައި ނައިބު ރައީސް އަބްދުﷲ ޖިހާދާއި މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކުވަނީ ތިނަދޫގެ ގޭގެއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. 
ތިނަދޫގައި ހިންގާ ހަރަކާތްތަކުގައި އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ރަޝީދާއި ރައްޔިތުންގެ މަޖިލީހުގައި ގދ. އަތޮޅުގެ އެކި ދާއިރާތައް ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ބައިވެރިވެޑައިގަންނަވައެވެ. 
ތިނަދޫގެ އިތުރުން ގދ އަތޮޅުގައި ހަރަކާތްތެރިވާ ކެމްޕެއިން ޓީމުން އެއަތޮޅުގެ އެހެނިހެން ބައެއް ރަށްތަކަށްވެސް ދަތުރުކޮށް ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާކަމަށް މިހަރަކާތް އިންތިޒާމްކުރާ ރައީސް ޔާމިން 2018 ކެމްޕެއިން ޓީމުން ބުނެއެވެ.