ޚަބަރު

އެސްޓީއޯއިން މާލޭގެ ސިނާއީ ސަރަހައްދުގައި ވަގުތީ ޕެޓްރޯލް ޝެޑެއް ހުޅުވައިފި


މާލޭ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއާއި ގުޅިގެން، ދިމާވެދާނެ ދަތިތައް ކުޑަކުރުމަށް އެސްޓީއޯއިން މާލޭ ސިނާއީ ސަރަހައްދުގައި ވަގުތީ ޕެޓްރޯލް ޝެޑެއް ހުޅުވައިފިއެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯއިން ބުނީ، މިހާރު ކުރިއަށް ގެންދާ މާލޭގެ މަގުތައް ހެދުމުގެ މަސައްކަތުގެ ސަބަބުން، އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތައް ކުޑަކުރުމަށް، މާލޭގެ ސިނާއީ ސަރަހައްދުގައި ވަގުތީ ޕެޓްރޯލް ޝެޑެއް، ޤާއިމްކޮށްފައިވާ ކަމަށެވެ.

އެސްޓީއޯއިން ސިނާއީ ސަރަހައްދުގައި ޤާއިމްކުރި ޕެޓްރޯލް ޝެޑުން ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ، ސައިކަލްތަކަށް އެކަނި ކަމަށާއި، އެ ޚިދުމަތް ލިބޭނީ މާލޭގައި ހުރި އެހެން ޕެޓްރޯލް ޝެޑްތަކުންވެސް ޚިދުމަތްދޭ ގަޑިތަކުގައި ކަމަށް އެކުންފުނިން ބުނެއެވެ.

މާލޭގެ ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް އެއް ނަަމްބަރު ޝެޑުން ޚިދުމަތްދޭ ގޮތަށް، އަދި ސައިކަލަށް ޚިދުމަތް ދިނުން އަޖީއެމްއެޗާއި ކާނިވާ ސަރަހައްދުގައި ހުރި ޝެޑްތަކަށް ވަނީ ބަދަލުކޮށްފައެވެ.

ޑީސަލާއި ޕެޓްރޯލްގެ ޚިދުމަތް ދިނުމަށް އެސްޓީއޯއިން ވަނީ މާލޭގެ ތިން ސަރަޙައްދެއްގައި ޕެޓްރޯލް ޝެޑް ގާއިމުކޮށްފައެވެ. އެއީ ޓްރެކް ސަރަހައްދާއި، ކާނިވާ ސަރަހައްދުގެ އިތުރުން އައިޖީއެމްއެޗް ކައިރީ ގާއިމްކޮށްފައިވާ ޝެޑްތަކެވެ.