ޚަބަރު

އެމްއެމްއޭގެ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު!


ރާއްޖޭގެ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެމްއެމްއޭއިން ބުނީ އޯރގަނައިޒޭޝަން ފޮރ އިކޮނޮމިކް ކޯރޕަރޭޝަން އެންޑް ޑެވެލޮޕްމެންޓް (އޯއީސީޑީ)ގެ މެމްބަރު ޤައުމަކުން އިކޮނޮމިކްސްގެ ދާއިރާ އިން މާސްޓަރސް ޑިގްރީ ހެދުމަށް ހުޅުވާލި މި ސްކޮލަރޝިޕަށް ކުރިމަތި ލެވޭނީ އިކޮނޮމިކްސް ނޫނީ އިކޮނޮމެޓްރިކްސްގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ޙާޞިލުކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

މަރުކަޒީ ބޭންކުން ހުޅުވާލައިފައިވާ ސްކޮލަރޝިޕަށް ހޮވޭނީ އެކެޑަމިކް މެރިޓް އަދި އިންޓަވިއުއިން ލިބޭ މާރކްސް އާއި ސްޓޭޓްމެންޓް އޮފް ޕާރޕަސް އަށް ބެލުމަށްފަހު، އެންމެ މަތިން މާރކްސް ލިބޭ ކެންޑިޑޭޑަކަށް ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭއިން ބުނީ ސްކޮލަރޝިޕަށް ހޮވޭ ފަރާތެއްގެ ޓިއުޝަންފީ، ވިސާ ފީ، ދެކޮޅު ޓިކެޓު، ބުކް އެލަވަންސް، ސްޓައިޕެންޑް، އެސްޓަބްލިޝް އެލަވެންސް އަދި ޑިޕާޗަރ އެލަވަންސް އެފަރާތުން ހަމަޖައްސައިދޭނެ ކަމަށާއި، ސްކޮލަރޝިޕް ލިބޭ ދަރިވަރަކު ކިޔަވަން ޖެހޭނީ އެފަރާތުން ކަނޑައަޅާ ޔުނިވަރސިޓީ އަކުން ކަމަށެވެ. އަދި ކޯސް ފުރިހަމަ ކުރާ ފަރާތަކުން ހަތަރު އަހަރާއި ހަ މަހުގެ މުއްދަތަކަށް އެމްއެމްއޭ އަށް ޚިދުމަތް ކުރަން ޖެހޭނެ ކަމަށެވެ.