ޚަބަރު

ގްރީން ޒޯނަށް މީހުން އެއްކޮށް ޤާނޫނާއި ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން - ފުލުހުން


ސިޔާސީ ޕާޓީއެއްގެ ކޮންގްރެސްއަށް އަތޮޅުތެރެއަށް ފުރުމަށް ކަމަށްބުނެ، ގްރީން ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ޞަރަޙައްދަކަށް މީހުން އެއްކޮށް، ޤާނޫނާއި ޚިލާފު ޢަމަލުތަކެއް ހިންގުމަށް ބަޔަކު ރާވަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ގްރީން ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ޞަރަޙައްދަކަށް އެއްވެ ސިޔާސީ ޕާޓީއަކުން ހިންގަން އުޅޭ ޤާނޫނާއި ޚިލާފު ކަންތައްތަކާއި ގުޅޭ މަޢޫލޫމާތު މީޑިއާތަކަށް ޙިއްސާކުރަމުން ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙުމަދު ޝިފާން ވިދާޅުވީ މާލޭގެ ގްރީން ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދަކަށް މީހުން އެއްކޮށް، ސިޔާސީ ޕާޓީއެއްގެ ކޮންގްރެސްއަށް އަތޮޅުތެރެއަށް ފުރުމަށް ކަމަށް ބުނެ، ޤާނޫނާއި ޚިލާފު ކަންތައްތަކެއް ކުރުމަށް ބަޔަކު ތައްޔާރުވަމުންދާ ކަމުގެ މަޢުލޫމާތު ފުލުހުންގެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙުމަދު ޝިފާން ވިދާޅުވީ، ބުނީ ގްރީން ޒޯނަށް އެއްވެ ޤާނޫނާއި ޤަވާއިދާއި ޚިލާފު އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު އެއްވެސް ބަޔަކަށް ނުދޭނެ ކަމަށް ފުލުހުން ބުނެއެވެ. އަދި ޤާނޫނާއި ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ސިޔާސީ ޕާޓީއެއްގެ ކޮންގްރެސްއަށް އަތޮޅުތެރެއަށް ފުރުމަށް ކަމަށް ބުނެ މާލޭގެ ގްރީން ޒޯނަކަށް މީހުން އެއްކޮށް ޤާނޫނާއި ޚިލާފު ޢަމަލުތަކެއް ހިންގުމަށް ބަޔަކު ރާވަމުންދާ ކަމަށް ފުލުހުން ބުނެފައިވާ އިރު، އިދިކޮޅު އެމްޑީޕީން ދަނީ އެޕާޓީގެ 13 ވަނަ ކޮންގްރެސް އއ. އުކުޅަހުގައި ބޭއްވުމަށް ތައްޔާރުވަމުންނެވެ.