ވިޔަފާރި

ބީ.އެމް.އެލްގެ ބައެއް ޚިދުމަތްތައް މިއަދު މެންދުރާއި ހަމައަށް މެދުކެނޑިދާނެ





 


ބޭންކް އޮފް މޯލްޑިވްސް ބީ.އެމް.އެލްއިން  ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އާ ކޯ ބޭންކިންގ ސިސްޓަމެއް ޤާއިމްކުރުމުގެ މަސައްކަތެއް ކުރުމަށްޓަކައި މިއަދު އެބޭންކްގެ ބައެއް ޚިދުމަތްތައް މެދުކެނޑިދާނެތީ ސަމާލުވުމަށް ބޭންކުން އިލްތިމާސްކޮށްފިއެވެ.


 
ޚިދުމަތްތައް މެދުކެނޑޭނެ ކަމަށް ބީ.އެމް.އެލްއިން ބުނެފައިވަނީ މިއަދު ހެނދުނު އަށަކުން މެންދުރު ބާރަ ޖެހުމާއި ދެމެދުގެ ވަގުތުތަކުގައެވެ.


 
މިވަގުތު ތަކުގައި އޭޓީއެމް، ޕީއޯއެސް، އިންޓަރނެޓް ބޭންކިންގ އަދި ކާޑުގެ ޚިދުމަތްތައް މެދުކެނޑިގެން ދިޔުން އެކަށީގެންވާ ކަމަށް ބޭންކުން ބުނޭ. ގޮތުގައި އެވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި ޚިދުމަތްތައް ކުރިއެކޭވެސް އެއްގޮތަށް ލިބެމުންދާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސުން މައުލޫމާތުދެއެވެ.


 
 


އަލަށް ތައާރަފް ކުރަން ނިންމާފައިވާ ސިސްޓަމަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކޯ ބޭންކިން ސިސްޓަމެއް ކަމަށްވާ "ޓެމިނޯސް ޓީ ޓުވެންޓީ ފޯ"ގެ ސިސްޓަމެއް ކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ.