ޚަބަރު

އައްޑޫސިޓީގައި މަސްބޭނުމާއި ކުނިއެޅުން މަނާކުރާ ޞަރަޙައްދުތަކުގައި ބޯޑުތައް ހަރުކުރާނެ ފަރާތެއް ހޯދަނީ


އައްޑޫގެ އެކިސަރަހައްދުތަކުގައި މަސްބޭނުން އަދި ކުނިއެޅުން މަނާކުރާ ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް އައްޑޫސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލަފިއެވެ.

އައްޑޫސިޓީ ކައުންސިލުން ބުނީ މި މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުގެ ހެދުނު 10:00ން ފެށިގެން އަންނަމަހުގެ 5 ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންކަމަށެވެ.

ކޮންމެ ބިޑް ޑޮކިއުމެންޓެއް ތިންސަތޭކަ ރުފިޔާއަށް ވިއްކާއިރު، ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ އަންނަ މަހުގެ 9 ވަނަ ދުވަހު 12:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައިކަމަށް ކައުންސިލުން ބުނެއެވެ. ބީލަމާއި ގުޅިގެން މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން މެއިލްގެ ޒަރީއާއިން ހުށަހެޅެނޭ އިންތިޒާމުވެސް ކައުންސިލުންވަނީ ހަމަޖައްސާފައެވެ. އަދި މެއިލްކުރައްވާ ސުވާލްތަކުގެ ޖަވާބް އަންނަ މަހުގެ 8 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްގެ ޒަރިއްޔާއިން ޖަވާބް އަރުވާނެކަމަށް އެކައުންސިލުން ބުނެއެވެ.