ކުޅިވަރު

ރޮނާލްޑޯގެ ޕެނަލްޓީ އަކީ ރެކޯޑެއް


ވަރލްޑް ކަޕުގައި ރޭ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަތުން ނާކާމިޔާބުވި ޕެނަލްޓީ އަކީ މުބާރާތުގެ ތާރީހުގައި ރެކޯޑަކަށް ވެއްޖެއެވެ.

ރޮނާލްޑޯ ޖެހުމުން އިރާން ކީޕަރު އަލީ ރިޒާ މަތަކުރި ޕެނަލްޓީ އަކީ ރަޝިޔާގައި މިހާރު ކުރިއަށްދާ މުބާރާތުގައި ދީފައިވާ 19 ވަނަ ޕެނަލްޓީއެވެ. މި މެޗުގައި މިއަށް ފަހު އިރާނަށްވެސް ރެފްރީ ވަނީ ޕެނަލްޓީއެއްދީފައެވެ. މިހެންވެ ރަޝިޔާ ވޯލްޑް ވެފައިވަނީ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ޕެނަލްޓީދީފައިވާ މުބާރާތަށެވެ.
މިފަޖަރު ޕެނަލްޓީތައް ގިނައިން ދީފައިވަނީ ވީޑިއޯ އެސިސްޓެންޓް ރެފްރީ ބަލައިގެންނެވެ. މިހާތަނަށް ދީފައިވާ 20 ޕެނަލްޓީގެ ތެރެއިން ކާމިޔާބުކޮށްފައިވަނީ 15 ޕެނަލްޓީއެވެ.

މި މުބާރާތުގެ ކުރިން މިހާތަނަށް އެންމެ ގިނައިން ޕެނަލްޓީ އެންމެ ފުރަތަމަ ދީފައިވަނީ 1990 ވަނަ އަހަރުގެ މުބާރާތުގައެވެ. އެއީ 18 ޕެނަލްޓީއެވެ. މިއަދަދަށް 2002 އާއި 1998ގެ މުބާރާތުގައި ވެސް ވަނީ ޕެނަލްޓީ ދީފައެވެ. މީގެ ހަތަރު އަހަރުން ކުރިން ބްރެޒިލްގައި ބޭއްވި ވަރލްޑް ކަޕުގައި ދީފައިވަނީ 13 ޕެނަލްޓީއެވެ.
ތަޖުރިބާކާރުން ގެ ނަޒަރުގައި މިފަހަރު ޕެނަލްޓީ ދެމުންދާ ރޭޓަށް ބަލާއިރު ރަޝިޔާ ވަރލްޑް ކަޕް ނިމޭއިރު 30 އަށްވުރެ ގިނަ ޕެނަލްޓީ ފެނިގެންދާނެ އެވެ.