ކުޅިވަރު

"ކޮލަމާ ފުޓްސަލް ޗެލެންޖް 2018" ގެ ޗެމްޕިއަންކަން އެފްސީ ވާގަލި ހޯދައިފި


ކޮލަމާ ފުޓްސަލް ޗެލެންޖް 2018 ގައި "އެފްސީ ޔަގީން" ވާދަކޮށް "އެފްސީ ވާގަލި" ޗެމްޕިއަންކަން ހޯދައިފިއެވެ.

ކޮލަމާ ފުޓްސަލް ޗެލެންޖުގެ ނަމުގައި ކުރިއަށް ގެންދިޔަ މި މުބާރާތަކީ އެރަށު ޖަމްޢިއްޔާއެއް ކަމަށްވާ ކޮލަމާ ޖަމްޢިއްޔާގެ ފަރާތުން މި މަހުގެ 16އިން 22ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މުބަރާތެކެވެ. މުޅި ޖުމްލަ ހަތް ޓީމް މި ފުޓްސަލް މުބާރާތުގައި ބައިވެރިވެފައިވާއިރު، މިއަހަރުގެ ތަށި އެފްސީ ވާގަލި އުފުލާލީ 2-1 ގެ ނަތީޖާއަކުން އެފްސީ ޔަޤީނާއި ވާދަކޮށްގެންނެވެ. މިއީ އެފްސީ މި މުބާރާތް ކަމިޔާބު ކުރި ދެވަނަ ފަހަރެވެ.

މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައިވަނީ މުބާރާތުގައި އެކި ވަނަތައް ޙާޞިލުކުރި ފަރާތްތަކަށް ތަށްޓާއި މެޑަލްގެ އިތުރުން ފައިސާގެ އިނާމު ޙަވާލުކޮށްފައެވެ. މުޅި މުބާރާތުގެ ޗެމްޕިއަން ޓީމަށް އިނާމުގެ ގޮތުގައި 25،000ރ އަދި ދެވަނައަށް ދިޔަ ޓީމަށް އިނާމުގެގޮތުގައި 15،000ރ ގެ ފައިސާ ދިނެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ވާގަލި އަބްދުﷲ ޝައްފާނެވެ. އަދި މުޅި މުބަރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ގޮތުގައި ހޮވިފައިވަނީ އެފްސީ ވާގަލި އަބްދުﷲ ޝައްފާން، އެފްސީ ވާގަލި ޢަބްދުﷲ ވިޝާމް، އެފްސީ ވާގަލި ޝައިހާން، އެފްސީ ޔަގީން މުޙްލިސް ނަޖީބް އަދި އެފްސީ ޔަގީން ހުސައިން ޝިމާޒްއެވެ.

މީގެ އިތުރުން މުޅި މުބަރާތުގެ އެންމެ މޮޅު މެނޭޖަރަކަށް ހޮވުނީ އެފްސީ ވާގަލި ޙައްމާދު ސަލީމެވެ.
2008 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ފިތުރު އީދާއި ދިމާކޮށް ކޮލަމާ ޖަމިއްޔާގެ ފަރާތުން ބާއްވަމުން އަންނަ މި ފުޓްސަލް މުބާރާތް އަންނަ އަހަރުގައިވެސް ބާއްވާނެކަމަށް ކޮލަމާ ޖަމްޢިއްޔާއިން ބުނެއެވެ.