ފިހާރަތަކާއި ހޮޓާ ރެސްޓޯރެންޓް އަދި ކެފޭތައް ހުޅުވާފަ ހުންނަ ގަޑިތަކާއި މުދާ އުފުލާ ވަގުތުތަކަށް ރޯދަ މަހަށް ގެނައި ބަދަލަށްފަހު ކުރިއެކޭވެސް އެއްގޮތަށް މިއަދުން ފެށިގެން ބަދަލުކޮށްފިއެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޝައްވާލު މަހުގެހެ ހަތެއްގެ ނިޔަލަށް ރޭގަނޑު 11 ޖަހަންދެން ފިހާރަތައް އަދި ހޮޓާ ރެސްޓޯރެންޓް ކެފޭފަދަ ތަންތަން މެންދަމު ތިނެއް ޖަހަންދެން ހުޅުވާފައިި ބެހެއްޓުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ވަނީ ދީފައެވެ.
ރޯދަމަހަށް ގެނައި ބަދަލަށްފަހު މިއަދު ފެށިގެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ކުރި އެކޭ އެއްގޮތަށް ރޭގަނޑު 10 ޖަހަންދެން އަދި ހޮޓާ ރެސްޓޯރެންޓް އަދި ކެފޭތައް ހުޅުވާފައި ބެހެެއްޓޭނީ ދަންވަރު އެކެން ޖަހަންދެނެވެ.
ވިޔަފާރީގެ ގަޑިތައް އާންމު އުސޫލަށް ބަދަލުކުރުމުގެ އިތުރުން ރޯދަމަހާއި ގުޅުވައިގެން ވިޔަފާރި މުދާ އުފުލާ ގަޑިއަށް ގެނައި ބަދަލަށްވެސް ވަނީ ނިމުން އައިސް ފައެވެ. އެގޮތުން މުދާ އުފުލުމުގައި މިއަދުން ފެށިގެން އަމަލުކުރަން ޖެހޭނީ މާޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ގަވާއިދަށް ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެއެވެ.
ރޯދަމަހަށް ގެނައި ބަދަލުގެ މުއްދަތު ރޭގެ ނިޔަލަށް ހަމަވިއިރު، މިއަދުން ފެށިގެން މާލޭ މަގުމަތީގައި ވިޔަފާރި މުދާ އުފުލޭނީ ހަވީރު 6:00 އިން ހެނދުނު 8:00 އާއި ހަމައަށެވެ.
ބައެއް ހޮޓާތަކާއި ފިހާރަތައް 24 ގަޑިއިރު ހުޅުވާފައި ބެއްހެއްޓުމުގެ ހުއްދަ ދިނުމަށް މަސައްކަތްކުރަމުންދާކަން އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މި ހުއްދަ ދިނުމަށް ބޭނުންވާ އުސޫލު ޤާއިމުކުރމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.