ޚަބަރު

އެމްޓީސީސީގެ ޙިއްސާގެ ފައިދާ ދޫކުރަން ފަށައިފި


ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީގެ މިދިޔަ އަހަރުގެ ޙިއްޞާގެ ފައިދާ ދޫކުރަން ފަށައިފިއެވެ. މިދިޔަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 145.3 މިލިއަން ރުފިޔާ ލިބިފައިވާއިރު ހިއްސާދާރުންނަށް ބަހަން ނިންމާފައިފައިވަނީ 20 މިލިއަން ރުފިޔާއެވެ. އެއީ ޙިއްޞާއަކަށް 2.60 ލާރީގެ މަގުންނެވެ.

އެމްޓީސީސީން ބުނީ އެކުންފުނީގެ މިިދިޔަ އަހަރުގެ ޙިއްޞާގެ ފައިސާ މިހާރު ދޫކަރަމުންގެންދާކަމަށެވެ. އަދި ޙިއްޞާގެ ފައިދާ ނަގަން އަންނައިރު ހިއްސާގެ ސެޓްފިކެޓާއި އެކު އައިޑީކާޑު ގެންނަން ޖެހޭނެކަމަށާއި ބަދަލުގައި މީހަކު ފޮނުވާނަމަ ވެރިފަރާތުގެ ސިޓީއެއްވެސް ގެންނަން ޖެހޭނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ ޙިއްޞާ ފައިދާ ބޭންކް އެކައުންޓްތަކަށް ޖަމާކުރަން އެދޭ ފަރާތްތަކުން "ޙިއްޞާގެ ފައިދާ ބޭންކަށްް ޖަމާކުރުމަށްްއެދޭ ފޯމް" ފުރުމަށްފަހު އައިޑީކާޑާއި، ޙިއްޞާ ސެޓްފިކެޓް ކޮޕީއާއި، ބޭންކް އެކައުންޓް އެގޭނެ ލިޔުމެއް ހުށައެޅުމުން ޙިއްޞާ ޖަމާކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށްވެސް އެމްޓީސީސީން ބުނެއެވެ. އަދި 1981 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފައިދާ ނުނަގާ ފަރާތްތަކުން ކުރީގެ އަހަރުތަކުގެ ފައިދާ ނެންގުމަށްވެސް އެމްޓީސީސީ އިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްޓީސީސީގެ ޙިއްޞާގެ ފައިދާ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެދުނު 8.30 ން މެންދުރުފަހު 3.00 އާއި ދެމެދު އެކުންފުނީގެ ހެޑް އޮފީހުން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.