ކުޅިވަރު

ކޮރެއާ އަތުން ސްވިޑުންއަށް އުނދަގޫ މޮޅެއް!


ކެޕްޓަން ގްރަންކްވިސްޓް ކާމިޔާބުކޮށްދިން ޕެނަލްޓީން ދެކުނު ކޮރެއާ ބަލިކޮށް ސްވިޑެން ވޯލްޑްކަޕްގެ ފެށުން ރަނގަޅުކޮށްފިއެވެ.

ފީފާ ވޯލްޑްކަޕްގައި ސްވިޑެންއާއި ދެކުނު ކޮރެޔާ ވާދަކުރި މެޗު ސްވިޑެން ކާމިޔާބުކުރީ 1-0 ނެވެ. މެޗުގައި ފެނުނު ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ސްވިޑެންއަށް ކާމިޔާބުކޮށްދިނީ އަންދްރޭސް ގްރަންކްވިސްޓްއެވެ. މި ޕެނަލްޓީއަކީ ވީޑިއޯ އެސިސްޓަންޓް ރެފްރީގެ އިރުޝާދަށް ވީޑިއޯ ބެލުމަށްފަހު މެޗުގެ ރެފްރީ ސްވިޑެންއަށް ދިން ޕެނަލްޓީއެކެވެ.
ގްރަންކްވިސްޓް ޖެހި ގޯލަކީ އޭނާވެފައިވަނީ ބާރަ އަހަރު ފަހުން ވޯލްޑްކަޕްގައި ކުޅުނު ސްވިޑެންއަށް 2002ގެ ފަހުން ވޯލްޑްކަޕެއްގައި ޕެނަލްޓީއެއް ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާއަށެވެ. މެޗުގައި ލަނޑު ޖަހާނެ މަދު ފުރުސަތުތަކެއް ކޮރެއާއަށްވެސް ލިބުނެވެ. މިގޮތުން ޖާ ޗޮއެލް އަދި ހޭ ޗަން ފޮނުވާލި ހަމަލާތައް ގޯލާއި އަމާޒެއް ނުވިއެވެ. ގްރޫޕް ސްޓޭޖުގައި ސްވިޑެންއަށް ދެން އޮތީ ޖަރުމަނާއި ވާދަކުރާ މެޗެވެ. އަދި ކޮރެއާ ނިކުންނާނީ މެކްސިކޯއާއި ދެކޮޅަށެވެ.