ޚަބަރު

ފުލުހުން އައްޑޫގައި ޓްރެފިކް އޮޕަރޭޝަންތަކެއް ހިންގައިފި


މިދިޔަ ހަފްތާ ތެރޭގައި އައްޑޫސިީޓީގައި ފުލުހުން ހިންގި ޓްރެފިކް އޮޕަރޭޝަން ތަކުގައި 16 ފަރާތަކާއި މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އައްޑޫސިޓީގެ ހުރިހާ ޕޮލިސް ސްޓޭޝަނެއް ގުޅިގެން އައްޑޫސިޓީގެ މީހުން ދިިިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންތަކުގައި، 193 އުޅަނދު ބަލާ ފާސްކޮށް 16 ފަރާތަކާއި މެދު ފިޔަވަޅުވަނީ އަޅާފައެވެ. މި އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 10 އިން 16 އަށެވެ. މި އޮޕަރޭޝަންތަކުގައި ފުލުހުން ވަނީ އެއްގަމު އުޅަނދުގައި ތަކުގައި އަހަރީ ފީ، އިންޝުއަރެންސް ސްޓިކާ އަދި ރޯޑް ވޯދިނެސް ހުރިތޯ ބަލާފައެވެ.
މި އޮޕަރޭޝަން ތަކުގެ ބޭނުމަކީ އައްޑޫގެ މަގުތަކަކީ އަމާން އަދި ދުއްވާ ފަރާތްތަކަށް ރައްކާތެރި މަގުތަކަށް ހެދުން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ވަނީ މީގެ ކުރިންވެސް ރޯދަމަހުގެ ތެރޭގައި މިފަދަ އޮޕަރޭޝަން ތަކެއް ކުރިއަށް ގެންގޮސްފައެވެ. އެފަހަރު 409 އުޅަނދެއް ބަލައި ފާސްކޮށް، 20 ފަރާތަކާއި މެދު ފިޔަވަޅު އެޅިއެވެ.