ކުޅިވަރު

ފީފާ ވަރލްޑްކަޕް: ބްރެޒިލް - ސްވިޒަރލެންޑް


ވަރލްޑްކަޕްގައި ބްރެޒިލް އެންމެ ފަހުން ކުޅުނު މެޗު މިހާރު ހަނދާން ނެތިއްޖެކަމަށް ޑިފެންޑަރ ތިއާގޯ ސިލްވާ ބުނެފިއެވެ.

2014ގެ ވަރލްޑްކަޕް ސެމީ ފައިނަލްގައި ޖަރުމަން އަތުން ތަފާތު ބޮޑުކޮށް ބަލިވި މެޗުގެ ވާހަކަ ދައްކަމުން ޑިފެންޑަރ ތިއާގޯ ސިލްވާ ބުނީ އެއީ މާޒީކަމަށާއި، އެ ހިތާމަވެރި ދުވަސް މިހާރު ހަނދާން ނެތިއްޖެކަމަށެވެ. އާ ހިތްވަރަކާއިއެކު މިފަހަރުގެ ވަރލްޑްކަޕަށް ޓީމް ނިކުންނަނީ ސީދާ ތައްޓަށްކަމަށާއި، މިއަދަކީ މި ދަތުރުގެ ފެށުންކަމަށްވެސް އޭނާ ބުންޏެވެ.

ބްރެޒިލް މެޗުގެ ކުރިން ސްވިޒަލެންޑްގެ ކޯޗު ޕެޓްކޮވިޗް ބުނީ ބްރެޒިލްއާއި ދެކޮޅަށް މާ މޮޅު ހިތްގައިމު ކުޅުމެއް ދައްކަން ނުވިސްނާކަމަށާއި، ކޮންމެ ގޮތެއް ހަދައިގެންވެސް ބޭނުންވަނީ މޮޅުވާންކަމަށެވެ. ބްރެޒިލްގެ ކުޅުންތެރިން ރުޅިއަރުވައިގެންވިޔަސް މިއަދުގެ މެޗުގައި ނޭމާ ފަދަ ކުޅުންތެރިން ހުއްޓުވަން ޖެހޭނެކަމަށައި، ބްރެޒިލް ބަލިކޮށް ފެށުން ރަނގަޅު ކުރުމަކީ ޓާގެޓްކަމަށް އޭނާ ބުންޏެވެ. ވަރލްޑްކަޕެއްގައި ބްރެޒިލް އަދި ސްވިޒަލެންޑް މީގެ ކުރިން ވާދަކޮށްފައިވަނީ 1950ވަނަ އަހަރުއެވެ. އެ މެޗު ނިމުނީ 2-2 ން ދެ ޓީމް އެއްވަރުވެގެންނެވެ.

މިފަހަރުގެ ވަރލްޑްކަޕްގައި މިދެޓީމް ވާދަކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 11 ޖަހާއިރުއެވެ.