ކުޅިވަރު

ޕެރޫ އަތުން ޑެންމާކުން އުނދަގޫ މޮޅެއް ހޯދައިފި


\ޔޫސުފް ޕޯލްސަން ޖަހައިދިން ހަމައެކަނި ލަނޑުން ޑެންމާކުން ޕެރޫ ބަލިކޮށްފިއެވެ. ވޯލްޑްކަޕްގެ ގްރޫޕް ސީގައި ޕެރޫ އަދި ޑެންމާކު ވާދަކުރި މެޗު ޑެންމާކުން ކާމިޔާބުކުރީ އެކެއް ސުމަކުންނެވެ.

މެޗުގެ ގިނަ ހަމަލާތައް އުފެއްދި ޕެރޫއަށް ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބުނެވެ. އެޓީމަށް ލިބުނު ޕެނަލްޓީ ފޯވާޑް ކުއޭވާ ފޮނުވާލީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ކައުންޓަރ އެޓޭކުގައި ހަމާލަތައް އުފައްދަމުންދިޔަ ޑެންމާކުން މެޗުގައި ގޯލް ޖެހީ ދެވަނަ ހާފުގައެވެ. ކްރިސްޓިއަން އެރިކްސަން ދިން ޕާހަކުން މި ލަނޑު ޖަހައިދިނީ ޕޯލްސަނެވެ.

ދެވަނަ ހާފުގައި ޕެރޫން ޑެންމާކުގެ ގޯލަށް ނުރައްކާކުރި. ފޯވާޑް ޕައުލޯ ގުއަރޭރޯ ފޮނުވާލި ހަމަލާތަކާއި، ކޮރޭޔޯ ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ ޑެންމާކުގެ ކީޕަރު ކެސްޕަރ ޝްމައިކަލެވެ.

ގްރޫޕް ސްޓޭޖުގައި ޑެންމާކް އެޓީމް ކުޅޭ ދެވަނަ މެޗުގައި ނިކުންނާނީ އޮސްޓްރޭލިއާއާއި ދެކޮޅަށެވެ. ޕެރޫ ނިކުންނާނީ ފްރާންސާއި ދެކޮޅަށެވެ.