ޚަބަރު

ހަބޭސް އީދު ޝޯވ، މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި!


ފިތުރު އީދުގެ އުފާ ފާޅުކުރުމުގެ ގޮތުން ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕް ހަބޭސް އިން ހުޅުމާލޭގައި ގިނަ ފަންނާނުންތަކަކާއެކު ޚާއްޞަ ޝޯވއެއް ބާއްވަން ނިންމައިފިއެވެ.

މިރޭ އޮންނަ ޝޯވގައި ހަބޭސްގެ ދަށުން ހިންގާ ހަބޭސް ފިއުޝަން، ލެވިޓޭޝަން އާއި ހަބޭސް ބޮޑުބެރު ގްރޫޕްގެ އިތުރުން މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ޓައިޓަލް ކާމިޔާބުކުރި އައިޝަތު އަޒަލްއާއި، ޑީޖޭ ޢަލީ އަދި ޓްރެފިކް ޖޭމް ޕާފޯމްކުރުމަށް ހަމަޖެހިފައިވެއެވެ.

އޮފިޝަލް އިވެންޓްސްއާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ ގުޅިގެން ބާއްވާ މި ޝޯވގެ ސްޕޮންސަރެއްގެގޮތުގައި އުރީދޫ މޯލްޑިވްސް އިންވެސް ހަރަކާތްތެރިވާނެއެވެ.

ހަބޭސް އިން މިދިޔަ އަހަރު މާލޭގައިވެސް މިފަދަ ޝޯވއެއް ބާއްވާފައިވެއެވެ. ހަބޭސް އިން ބުނީ މިފަހަރުގެ އަމާޒަކީ މިދިޔަ އަހަރަށްވުރެއްވެސް ފޯރި ގަދަ ޝޯވއެއް ބޭއްވުންކަމަށެވެ. ހަބޭސްގެ ޝޯވތެރެއިން މިއުޒިކީ އައިޓަމްތަކުގެ އިތުރުން ރާއްޖޭގައި ނޯޓް ކޮސްމެޓިކްސް ޑިސްޓްރިބިއުޓްކުރާ ނިއު އެޑިޝަންގެ ފަރާތުން ނޯޓްގެ އާ ޕްރޮޑަކެޓެއް ލޯންޗުކުރުމުގެ އިތުރުން ނިއު އެޑިޝަންގެ ވޯލްޑްކަޕް އެމްބަސަޑަރެއް ހަމަޖައްސައި އިއުލާން ކުރަން ހަމަޖެހިފައިވެއެވެ.