ކުޅިވަރު

ފީފާ ވަރލްޑްކަޕް: ޕެރޫ - ޑެންމާރކް


36 އަހަރު ފަހުން ވޯލްޑްކަޕްގެ މެޗަކަށް ޕެރޫ ނިކުންނަނީ އުފާވެރި ހަނދާންތަކަކަށް މި ވޯލްޑްކަޕް ހެދުމުގެ އަޒުމުގައިކަމަށް ކޯޗު ރިކާޑޯ ގަރޭކާ ބުނެފިއެވެ.

ގަރޭކާ ބުނީ މި މެޗަށް މުޅި ޕެރޫވެސް އޮތީ ކެތްމަދުވެފައިކަމަށާއި، މެޗަށް ތެޅި ނުގަންނާނެކަމަށެވެ. ޕެރޫ އެންމެ ފަހުން ކުޅުން ފަނަރަ މެޗުން އެޓީމް ބަލިވެފައެއްނުވެއެވެ. ޕެރޫއާއި ދެކޮޅަށް ނިކުންނަ ޑެންމާކުގެ ޑިފެންޑަރު އަންދްރޭސް ކްރިސްޓެންސަން ބުނީ މި ޓީމު އެކުގައި ޕްރެކްޓިސްކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެކަމަށާއި، ޓީމުގެ ރޫހު ވަރަށް ރަނގަޅުކަމަށެވެ. ވޯލްޑްކަޕް ކަހަލަ ބޮޑު މުބާރާތެއްގައި ކުޅުމަކީ ކޮންމެ ކުޅުންތެރިއެއްގެވެސް ހުވަފެނެއްކަމަށާއި، ފުރަތަމަ މެޗައް ކެތްމަދުވެފައިހުރިކަމަށް ކްރިސްޓެންސެން ބުންޏެވެ.

ޑެންމާކުން ދެކުނު އެމެރިކާ ޓީމްތަކާއި ދެކޮޅަށް ވަރލްޑްކަޕުގައި މިހާތަނަށް ކުޅުނު 3 މެޗުގެ ތެރެއިން ދެ މެޗުން އެޓީމްވަނީ މޮޅުވެފައެވެ. 1986ގެ ފަހުން ފުރަތަމަ ފަހަރަށް ވަރލްޑްކަޕްގެ މެޗަކަށް ނިކުންނަ ޕެރޫއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކެޕްޓަން ޕައުލޯ ގުއެރޭރޯއަށް ވޯލްޑްކަޕްގައި ކުޅެވުމެވެ.