ކުޅިވަރު

ވަރލްޑްކަޕް: އޮސްޓްރޭލިޔާ - ފްރާންސް


އުމުރުން 38 އަހަރުގެ ޓިމް ކާހިލްގެ ގޯލްތަކުން ވޯލްޑް ކަޕަށް ކޮލިފައިވި އޮސްޓްރޭލިއާ ޓީމު މިއަދު ގްރޫޕް ޑީގައި ފްރާންސް އާއި ދެކޮޅަށް ނިކުންނައިރު އެޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ގޯލް ނުޖެހުމުގެ މައްސަލައެވެ.

ކާހިލްގެ ފަހަތުން ޤައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހާދީފައިވާ ކުޅުންތެރިއަކަށް ޓީމުގައި ހުރީ ޑިފެންސިވް މިޑްފިލްޑަރ ޔެޑިނެކްއެވެ.
އޮސްޓްރޭލިއާގެ ކޯޗު ވެން މެރްވިކް ބުނީ ފްރާންސް އަކީ މިހާރު ދުނިޔޭގެ އޮތް އެންމެ މޮޅު އެއް ޓީމުކަން އެނގޭކަމަށެވެ. އެހެންނަމަވެސް މުބާރާތްތައް ކާމިޔާބުކުރާނީ މޮޅު ކުޅުންތެރިން ތިބި ޓީމެއް ނޫން ކަމަށާއި، މުބާރާތް ކާމިޔާބުކުރާނީ އަބަދުވެސް ޓީމެއްގެ ގޮތުގައި އެންމެ މޮޅު ޓީމު ކަމަށެވެ.
އަދި ފްރާންސް އާއި ބައްދަލުކުރާ މެޗަށް އޮސްޓްރޭލިއާ ޓީމު ކުރިމަތިލާން ޖެހޭނީ ވަރަށް ކެރިގެން ކަމަށާއި، މެޗުގައި ޓެކްޓިކަލް ޑިސިޕްލިން ވަރަށް މުހިއްމު ވާނެ ކަމަށެވެ.

ޒުވާން ދެ ފޯވާޑުން ކަމުގައިވާ އެމްބާޕޭ އާއި ޑެމްބޭލޭ މިފަހަރުގެ ފްރާންސް ޓީމުގައި މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވޭއިރު ފްރާންސްގެ ކޯޗު ޑިޝޯމް ބުނީ ޒުވާން ކުޅުންތެރިން މިފަހަރުގެ ޓީމުގައި ގިނަ ވުމަކީ މައްސަލައެއް ނޫންކަމަށާއި ޓީމަށް ނަގާފައިވާ ކޮންމެ ކުޅުންތެރިއަކީވެސް އެމަޤާމް ހައްޤު ކުޅުންތެރިން ކަމަށެވެ. ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ކުޅުނު ޓީމުގެ ދެބައިކުޅަ އެއްބައި ކުޅުންތެރިން މިފަހަރުގެ ޓީމުގައި ހިމެނިފައި ނުވާއިރު ޓީމުގައި ގިނައީ މުޅިން އަލަށް ބޮޑުމުބާރާތެއް ކުޅޭ ކުޅުންތެރިންނެވެ.

ގްރޫޕް ސީގައި އޮސްޓްރޭލިޔާއާއި ފްރާންސް ވާދަކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 15:00 ގައެވެ. ޕީއެސްއެމް ކަވަރޭޖްގެ ޕްރީ ޝޯވ ފަށާނީ 14:00 ގައެވެ.