ކުޅިވަރު

މޮޅުވާނެ ޓީމް ޕްރެޑިކްޓް ކުރާ ބުޅާ ބުރަވަނީ ރަޝިޔާ ކޮޅަށް!


ވޯލްޑްކަޕްގެ ފުރަތަމަ މެޗުން ރަޝިޔާ މޮޅުވާނެކަމަށް މުބާރާތުގެ މެޗުތަކުގެ ނަތީޖާ ދިމާކުރުމަށް ރަސްމީކޮށް ހޮވާފައިވާ ބުޅާ އަންދާޒާކޮށްފިއެވެ.

"އާކިލީސް"ގެ ނަމުން ނަން ދީފައިވާ ބުޅަލުގެ ކުރިމަތީގައި ރަޝިޔާ އަދި ސައުދި އަރައްބިޔާގެ ދިދަ ޖަހާފައިވާ ކާއެއްޗެހި ބެހެޓުމުން، ބުޅާ ހިޔާރުކުރީ ރަޝިޔާގެ ދިދަ ކައިރީގައި ހުރި ކާއެއްޗިއްސެވެ. މި މުބާރާތުގައި ކުޅޭ ކޮންމެ މެޗަކުން މޮޅުވާ ޓީމެއް އާކިލީސް ޕްރެޑިކްޓް ކުރާނެއެވެ.

އާކިލީސް ވަނީ މިދިޔަ އަހަރު ބޭއްވި ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ހުރިހާ މެޗެއް ޕްރެޑިކްޓްކޮށްފައެވެ. އަދި މުބާރާތުގެ ހުރިހާ މެޗުތަކަކުން މޮޅުވީވެސް އާކިލީސް އަންދާޒާކުރި ޓީމްތައްކަން ފާހަގަކޮށްލެވެއެވެ. ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ޤައުމު ރަޝިޔާ ނިކުންނާނީ ސައުދީ އަރަބިއްޔާއާއި ދެކޮޅަށެވެ.