ޚަބަރު

ޝައްވާލު މަހުގެ ހަނދު ސާބިތުކުރުުން މިރޭ


މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ޚާއްޞަ ޖަލްސާ މިރޭ އޮންނާނެއެވެ.

އިސްލާމީ ކަރުކަޒުގައި ބާއްވާ މިޖަލްސާގައި އިސްލާމީ ޤައުމުތަކުގައި ހަނދު ސާބިތުކުރުމާ ގުޅޭގޮތުން އަމަލުކުރާ އުސޫލުތަކާއި، ފަލަކީ ގޮތުން ހަނދު ސާބިތު ކުރުމުގައި ގެންގުޅޭ އުސޫލްތަކަށް ބިނާކޮށް މިއަހަރުގެ ފިޠުރު ޢީދު ދުވަސް އިޢުލާން ކުރާނެއެވެ. މީލާދީ ކަލަންޑަރުގައިވާ ގޮތުން މި ރަމަޟާން މަހަކީ 30 ދުވަސް ހިމެނޭ މަހެކެވެ.
އަދި މި އަހަރުގެ ފިޠުރު ޢީދު ދުވަހަކީ 15 ވާ ހުކުރު ދުވަހެވެ.

ހަނދުބެލުމަކީ ހުރިހާ އެންމެންނަށްވެސް އޮންނަ ފުރުޞަތެކެވެ. އަދި ހަނދުފެނިއްޖެ މީހަކު ނުވަތަ ބަޔަކު ޝަރުޢީ އިދާރާއަކަށް ޙާޟިރުވެ އެކަން ސާބިތުކޮށްދިނުމަށް ބޭނުންވާ އިންތިޒާމްތައް، ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަނޑައެޅުމާއި ޝައްވާލްމަހުގެ ފުރަތަމަ ދުވަސް ނުވަތަ ފިޠުރު ޢިދުދުވަސް ކަނޑައެޅުމަށް ކުރިންވެސް ހަމަޖައްސަވާފައިވާ ގޮތަށް މިފަހަރުވެސް ވަނީ ހަމަޖައްސާފައެވެ. މިރޭ ހަނދު ފެނިއްޖެނަމަ ހަނދުފެނުކަން ޢިއުލާން ކުރުމުގެ ގޮތުން ބަޑިޖަހާނެއެވެ.

މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ ޕީއެސްއެމްގެ ޖެނަލްތަކުން ވަގުތުން ދައްކާނެއެވެ.