ޚަބަރު

ފިތުރު ޒަކާތް ބެހުން މިރޭ 11 ޖެހުމާ ހަމައަށް ކުރިއަށްދާނެ


ފިޠުރު ޒަކާތް ބެހުމުގެ ކަންކަން މިރޭގެ ނުވައަކުން އެގާރަ ޖެހުމާއި ހަމައަށް އިސްލާމީ މަރުކަޒުގައި ކުރިއަށްދާނެކަމަށް އިސްލާމިކް މިނިސްޓްރިއިން ބުނެފިއެވެ.

ޒަކާތް ބަހަނީ ފަގީރުންގެ ގޮތުގައި ރެޖިސްޓްރީކުރުމަށް ހުޅުވާލި ފުރުސަތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިއަހަރު ފަގީރުންގެ ގޮތުގައި އަތޮޅުތެރެއިން ބާރަހާސް ނުވަސަތޭކަ ނުވަދިހަ ފަސްމީހުންވަނީ ރެޖިސްޓްރީކޮށްފައެވެ. މާލެއިން ތިންހާސް ދުއިސައްތަ ނުވަދިހަ ނުވަ މީހުން ރެޖިސްޓްރީކޮށްފައިވާއިރު، މުޅި ރާއްޖެއިން ޖުމްލަ ފަގީރުންގެ ގޮތުގައި 16294 ހަރަތު މީހުން ރަޖިސްޓްރީކޮށްފައިވެއެވެ.

މާލޭ ސަރަޙައްދުގައި ފިޠުރުޒަކާތުގެ ގޮތުގައި ބޮލަކަށް ބެހުމަށް ހަމަޖެހިފައިވަނީ 1300 ރުފިޔާއެވެ. މިއީ ވޭތުވެދިޔަ އަހަރާއި އަޅާބަލާއިރު 50 ރުފިޔާ އިތުރު ޢަދަދެކެވެ.

ފައިސާއާއި ހަވާލުވުމަށް އެހެން މީހަކު ފޮނުވާނަމަ ފަގީރުންގެ ލިސްޓުގައި ރެޖިސްޓްރީކޮށްފައިވާ މީހާގެ އައިޑީކާޑާއި، ފަގީރުންގެ ލިސްޓުގައި ހިމެނިފައިވާކަމުގެ ސްލިޕާއި، ފައިސާއާއި ހަވާލުވާ މީހާގެ އައިޑީކާޑް ގެންދަންޖެހޭނެއެވެ. ގޮވާމުގެ ބާވަތަކުން ޒަކާތް ބެހުމުގެ ކަންކަން ކުރިއަށްދަނީ ޢަރަބިއްޔާ ސްކޫލް ހޯލުގައެވެ.

ރަށްރަށުގައި ޒަކާތުގެ ފައިސާ ދޫކުރާނީ އެރަށެއްގެ ރަށު ކައުންސިލުންނެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ހަތަރު މިލިއަން ފަންސާސް ހާހަށްވުރެ ގިނަ ރުފިޔާ މިއަހަރު ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެއެވެ.