ޚަބަރު

މެޑިކަލް އިންޓާންޝިޕްގެ ދެވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


އައިޖީއެމް ހޮސްޕިޓަލްގައި ކުރިއަށް ގެންދާ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްގެ ދެވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

2 ވަނަ ބުރުގައި ހިމެނޭ 5 ޖާގައަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، ފޯމް ހުށައެޅުމުގެ އެންމެފަހު ތާރީޚަކީ އަންނަމަހުގެ 3 ވަނަ ދުވަހެވެ. ރާއްޖޭގައި މުޅިން އަލަށް މެޑިކަލް އިންޓަރންސިޕް ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ. މެޑިކަލް އިންޓާންޝިޕަށް ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި އެމްބީބީއެސް ފުރިހަމަކޮށް މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ދޫކުރާ "ޕްރޮވިޝަނަލް ރެޖިސްޓްރޭޝަން ފޮ އިންޓާރންޝިޕް" ސެޓްފިކެޓް ލިބިފައިވުން ހިމެނެއެވެ.

މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްއަކީ އެމްބީބީއެސް ނިންމުމަށްފަހު ސިއްޚީ ދާއިރާގައި މަސައްކަތް ފެށުމަށްޓަކާ ބޭނުންވާ 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ފުރިހަމަ ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އައިޖީއެމް ހޮސްޕިޓަލުގައި ކުރިއަށް ގެންދާ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްގެ ސަބަބުން އިންޓާންޝިޕް ފުރުޞަތު ހޯދުމުގައި ދިމާވާ ދަތިތައް ހައްލުވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.