ޚަބަރު

ސްކޫލްތަކުގެ ފުރަތަމަ ޓާމު ނިންމައި ރިޕޯޓް ފޮތް ދީފި


ސްކޫލުތަކުގެ މި އަހަރުގެ ފުރަތަމަ ޓާމު ނިންމައި ރިޕޯޓް ފޮތް ދިނުމަށް ފަހު ދަރިވަރުންގެ ޗުއްޓީ ފެށިއްޖެއެވެ.

އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ދެވަނަ ޓާމުގެ ކިޔެވުމަށް ސްކޫލުތައް ދެން ހުޅުވޭނީ މި މަހުގެ 18 ވަނަދުވަހުއެވެ. އާންމުކޮށް މިޑްޓާމް ބަންދާ ދިމާކޮށްދެނީ ހަފްތާއެއްގެ ޗުއްޓީއެއްކަމުގައިވިޔަސް މިއަހަރު އީދާދިމާވާތީ ދަރިވަރުންނަށް ލިބޭނީ އައްދުވަހުގެ ޗުއްޓީއެކެވެ.

މިއަހަރު ސްކޫލްތަކުގެ ކިޔެވުން ފެށީ އައްޑިހަ އެއްހާހަށްވުރެ ގިނަ ދަރިވަރުންނާ އެކު މިއަހަރުގެ ޖެނުއަރީ ސާދަވަނަ ދުވަހުއެވެ. މި އަހަރުގެ ދިރާސީ އަހަރު މުޅިން ނިމޭނީ އަންނަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ކަމަށް ދިރާސީ ކަލަންޑަރުގައިވެއެވެ.