ޚަބަރު

ހަނީމޫން ހޭދަކޮށްލަން އެންމެކަމުދާ މަންޒިލަކަށް އަނެއްކާވެސް ރާއްޖެ


އެމެރިކާގެ ބްރައިޑަލް މެގަޒިންއެއްކަމަށްވާ ކޮންޑެނާސްޓްއިން ދޭ ބްރައިޑްސް ހަނީމޫން އެވޯޑްސް މިއަހަރުވެސް ރާއްޖެއަށް ލިބިއްޖެއެވެ.

މުޅި ދުނިޔެއިންވެސް ހަނީމޫން ހޭދަކޮށްލުމަށް އެންމެ ކަމުދާ މަންޒިލެއްގެގޮތުގައި މި އެވޯޑްސް ވިދިވިދިގެން ރާއްޖެއަށް ލިބުނު 2 ވަނަ ފަހަރެވެ. ބްރައިޑްސް ހަނީމޫން އެވޯޑްސްގެ މިއަހަރުގެ އަހަރީ އެވޯޑް ހަފްލާގައި ރާއްޖެއަށްވަނީ 2018 ވަނަ އަހަރުގެ މޮސްޓް ރޮމޭންޓިކް ޑެސްޓިނޭޝަންގެ އެވޯޑް ލިބިފައެވެ. މޮސްޓް ރޮމޭންޓިކް ޑެސްޓިނޭޝަނަކަށް ރާއްޖޭގެ އިތުރުން އޮސްޓްރޭލިޔާ، ގްރީސް، އިޓަލީ، ސީޝެލްސް އަދި ތައިލޭންޑްވެސް ވަނީ ހިމެނިފައެވެ.

ބްރައިޑްސް ހަނީމޫން އެވޯޑްސްއަކީ އެމެރިކާގެ ބްރައިޑަލް މެގަޒިންއެއްކަމަށްވާ ކޮންޑެނާސްޓްއިން ދޭ އެވޯޑެކެވެ. މި މަޖައްލާއަކީ ކޮންމެ 2 މަހަކުން އެއްމަހުން ޝާއިއުކުރާ މަޖައްލާއެކެވެ.
ރާއްޖެއަކީ ހަނީމޫން ހޭދަކޮށްލުމަށް ފަތުރުވެރިންގެ މެދުގައި އަބަދުވެސް ވަރަށް މަޤްބޫލް މަންޒިލެކެވެ. އެގޮތުން ބައިނަލްއަޤްވާމީ އަދި ސަރަހައްދީ ގޮތުންވެސް ގިނަ އެވޯޑްތަކެއް ރާއްޖެވަނީ ހޯދާފައެވެ.