ޚަބަރު

"ވޯލްޑް ސްޕާ އެވޯޑްސް 2018" އަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލައިފި


"ވޯލްޑް ސްޕާ އެވޯޑްސް 2018" އަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއަހަރުގެ ވޯލްޑް ސްޕާ އެވޯޑްސްގެ އިންޑިއާ ކަނޑުގެ އެންމެ ރަނގަޅު ސްޕާ އެވޯޑަށް ރާއްޖެވަނީ ނޮމިނޭޓްވެފައެވެ. ވޯޓުލުމުގެ ފުރުސަތު އަންނަ އޮގަސްޓް މަހުގެ 17 ވަނަ ދުވަހާއި ހަމައަށްވަނީ ހުޅުވާލާފައެވެ. އެވޯޑް ލިބޭ ފަރާތަތައް އިޢުލާންކުރަނީ އޮކްޓޯބަރ މަހުގެ 26 ވަނަ ދުވަހު ބާއްވާ ގާލާ ނައިޓްގައެވެ.

މި އެވޯޑް ހަފްލާ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ވޮއްމުލި ރިސޯޓްގައެވެ.
ވޯލްޑް ސްޕާ އެވޯޑްގެ އިންޑިއާ ކަނޑުގެ އެންމެ ރަނގަޅު ސްޕާ އެވޯޑް ރާއްޖެއިން ޖެހިޖެހިގެން 3 ފަހަރުވަނީ ހޯދާފައެވެ. ދުނިޔޭގެ އެންމެ ފުރަތަމަ ކަނޑުއަޑީގެ ސްޕާވެސް ހުޅުވާފައިވަނީ ރާއްޖޭގެ ރިސޯޓެއްކަމަށްވާ ހުވަފެންފުށީގައެވެ.

ވޯލްޑް ޓްރެވެލް އެވޯޑްސްގެ ސެގްމެންޓެއްގެ ގޮތުގައި، ވޯލްޑް ސްޕާ އެވޯޑްސް ތަޢާރަފްކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. މި އެވޯޑްދެނީ ފަތުރުވެރިކަމުގެ ދާއިރާގައި ސްޕާގެ ހިއްސާބޮޑުކޮށް އެދާއިރާއިންދޭ ޙިދުމަތްތައް ކުރިއެރުވުމަށް ބާރުއެޅުމުގެގޮތުންނެވެ.