ޚަބަރު

ރަމަޟާންމަހުގެ ފަހު 10 ގައި ދަމުނަމާދާއި އިޢުތިކާފް ކުރާނެ މިސްކިތްތައް


ރަމަޟާންމަހަގެ ފަހު ދިހާގައި ދަމުނަމާދު ކުރުމާއި މީހުން އިޢުތިކާފަށް ތިބުމަށް މިސްކިތްތަކެއް ޚާއްސަކޮށް އިސްލާމިކް މިނިސްޓްރީން އެކަން ހާމަކޮށްފިއެވެ.

މާލޭގައި ދަމު ނަމާދުކުރުމަށް ހަމަޖެހިފައިވަނީ 18 މިސްކިތެއްގައެވެ. އަދި އިޢުތިކާފަށް ތިބުމަށް ހަމަޖެހިފައިވަނީ 21މިސްކިތެއްގައެވެ.

މިއަހަރުގެ ރަމަޟާންމަހުގެ ފަހުދިހާގައި ދަމުނަމާދުކުރުމަށް ހަމަޖެހިފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން ޖުމުލަ 18 މިސްކިތެއްގައެވެ.

މި މިސްކިތްތަކަކީ:
1-މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމް
2- މަސްޖިދުއްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލް
3- މަސްޖިދުއްސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ
4- މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން
5- މަސްޖިދުލްޖަލާލުއްދީން
6- މަސްޖިދު ޞާލާޙުއްދީން
7-މަސްޖިދުލްފުރުޤާން
8-މަސްޖިދުއްނޫރު
9- އިބްރާޙީމީ މިސްކިތް
10- މަސްޖިދުއްޝަހީދު ޢަލީ
11-މަސްޖިދުއްޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
12- މަސްޖިދުލްއިސްކަންދަރު
13- މަސްޖިދުއްސުލްޠާން މުޙައްމަދު ޢިމާދުއްދީން
14- މަސްޖިދުލްޢަފީފުއްދީން

ވިލިމާލޭގައި ދަމުނަމާދުކުރުމަށް ހަމަޖެހިފައިވަނީ މަސްޖިދުލް އިޚްލާސްގައެވެ.

ހުޅުމާލެގައި ދަމު ނަމާދުކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް:
1-މަސްޖިދު ޝައިޚް ޤާސިމް ބިން އާލްޘާނީ
2- މަސްޖިދު ޢަޒީޒާ މޫސާ
3- މަސްޖިދު ޢުމަރު ބިން ޚައްޠާބު

މި 18 މިސްކިތުގެ އިތުރުން އިޢުތިކާފް ކުރުމަށް ހަމަޖެހިފައިވާ އިތުރު މިސްކިތްތަކަކީ
މާލޭގައި މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީނެވެ. ވިލިމާލޭގައި އިޢުތިކާފް ކުރުމަށް ހަމަޖެހިފައިވަނީ މަސްޖިދުއްސަލާމްގައެވެ. ހުޅުމާލޭގައި އިޢުތިކާފް ކުރުމަށް ހަމަޖެހިފައިވަނީ މަސްޖިދު ޒައިދު ބިން ޘާބިތު އަދި ހުޅުމާލޭ ވަގުތީ މިސްކިތުގައެވެ.

ރަމަޟާންމަހުގެ ފަހުދިހައިގައި މިސްކިތުގައި އިޢުތިކާފުކުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ރަމަޟާނަމަހުގެ ފަހުދިހައިގައި ޢިއުތިކާފް ކުރާނެގޮތަކީ ރޯދަމަހުގެ 20 ވަނަދުވަހު އިރު އޮއްސުމުގެކުރިން މިސްކިތަށް ވަދެ އިޢުތިކާފުގެ ނިޔަތްގަނެ ޝައްވާލުމަހުގެ ހަނދުފެނިއްޖައުމަށް ދާންދެން މަޑުކުރާނީއެވެ.

ރަމަޟާންމަހުގެ ފަހުދިހައެއްގައި އިޢްތިކާފުކުރުމުމަށް ނިޔަތް ގަތްމީހާ ޝައްވާލުމަހުގެ ހަނދުފެނުމުގެ ކުރިން ފާޚަނާކުރުމާއި ކެއުން ބުއިންފަދަ ޒަރޫރީކަމަކަށްޓަކައި ނޫނީ މިސްކިތުން ނިކުތުން ހުއްދަވެގެން ނުވެއެވެ. މިނޫން ޙާލަތެއްގައި މިސްކިތުން ނިކުމެއްޖެނަމަ އިޢުތިކާފު ބާޠިލުވެއެވެ.