ޚަބަރު

މިރޭގެ އިޙްޔާ ފޯރަމްގެ މައުޞޫއަކީ "ތަކްފީރުކުރުން"


ރަމަޞާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް ބާއްވާ ފޯރަމްގެ 4 ވަނަ ފޯރަމް މިރޭ އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އިޙްޔާ ފޯރަމްގައި މިރޭ ވާހަކަ ދައްކާނީ "ތަކްފީރުކުރުން”މިމައުޞޫއަށް ކަމަށެވެ.
މިރޭގެ ފޯރަމްގައި މައުލޫމާތުދެއްވާނީ އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އަދި އަލްޤާރީ އިބްރާހިމް ރަމްޒީއެވެ. އެހެން ރޭތަކާ ތަފާތުކޮށް މިރޭގެ ފޯރަމުގައި މިމައުޞޫއާއި ގުޅޭގޮތުން ޕްރަޒެންޓޭޝަންގެ މެދުވެރިކޮށް މަޢުލޫމާތު ދިނުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.
ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ މި ފޯރަމް އޮންނާނީ އިސްލާމީ މަރުކަޒުގައި މިރޭ 9:30ގައެވެ. އިޙްޔާ ފޯރަމް ބާއްވަނީ ކޮންމެ ހަފްތާއެއްގެ ހޯމަ ވިލޭރެއާ ހުކުރު ވިލޭރޭގައެވެ.