ޚަބަރު

ޓްރިޕް އެޑްވައިޒަރގެ ސެޓްފިކެޓް އޮފް އެކްސެލެންސް ކޮކޫން މޯލްޑިވްސްއަށް


ޓްރިޕް އެޑްވައިޒަރއިން ދޭ ސެޓްފިކެޓް އޮފް އެކްސެލެންސް ކޮކޫން މޯލްޑިވްސްއަށް ލިބިއްޖެއެވެ. މިއީ ފާއިތުވި އަހަރު ކޮކޫން މޯލްޑިވްސްގެ ޚިދުމަތް ހޯދި ފަތުރުވެރިން ދީފައިވާ ޚިޔާލުތަކުގެ މައްޗަށް ބިނާކޮށްދޭ ސެޓިފިކެޓެކެވެ.

ސެޓްޕިކެޓް އޮފް އެކްސެލެންސް ދެނީ 1 އަހަރުދުވަސް ވަންދެން ޓްރިޕް އެޑްވައިޒަރއަށް ހުށައަޅާފައިވާ ޚިޔާލުތަކުގެ މައްޗަށް ބަލައި އެތަންތަނުން ފޯރުކޮށްދޭ ޙިދުމަތުގެ ފެންވަރު ވަޒަންކުރުމަށްފަހުއެވެ. މިއީ ކޮކޫން މޯލްޑިވްސްއަށް މި ސެޓްފިކެޓް ލިބުނު ދެވަނަ ފަހަރެވެ.

ޓްރިޕް އެޑްވައިޒަރއަކީ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ރިސޯޓު ހޮޓާފަދަ ތަންތަނުގެ މަޢުލޫމާތު އެއްތަނަކުން ފޯރުކޮށްދޭ މަޝްހޫރު ވެބްސައިޓެކެވެ.