ޚަބަރު

ގަދަ 12 ބައިވެރިންނާއެކު އެންމެ އަލިގަދަ ތަރި ޖޫނިއާ ޤުރުއާން މުބާރާތް ފަށައިފި


ޕީއެސްއެމްއިން މި އަހަރު އަލަށް ފެށި ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޖޫނިއަރ ގަދަ 12 ބައިވެރިންގެ ކިޔެވުންތައް ފަށައިފިއެވެ. މުބާރާތުގެ އޮޑިޝަންގައި ބައިވެރިވި 336 ކުދިންގެ ތެރެއިން ގަދަ 12އާއި އެކު ކުރިޔަށް ގެންދާ ޝޯތައް މިހާރު މިވަނީ ޓީވީއެމުން ދައްކަން ފަށާފައެވެ.

ދިވެހިރާއްޖޭގެ އެންމެ އަލި ގަދަ ތަރި ޖޫނިއަރ އަކީ ޤުރުއާން ކިޔެވުމުގެ ހުނަރާއި، ޤުރާއާނާމެދު މުޖުތަމަޢުގައި އޮންނަ ޤަދަރު މަތިކޮށް، ޤުރުއާނާމެދު ކުޑަކުދިންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ ގޮތުން ގެނެސްދޭ މުބާރާތެކެވެ. މި މުބާރާތުގެ ފުރަތަމަ ޝޯގައި ގެނެސްދީފައިވަނީ މާލެ ހިމެނޭހެން ރާއްޖޭގެ ހަތަރު ސަރަޙައްދުގައި ކުރިއަށްގެންދިޔަ އޮޑިޝަންތަކުން ހޮވުނު 12 ބައިވެރިންގެ ކިޔެވުންތަކެވެ.

މި މުބާރާތުގައި ވާދަކުރާ 12 ބައިވެރިންނަކީ

  • 1- ފާޠިމަތު ޝާހާ ޙުސައިން
  • 2- މަރިޔަމް މަހާ މުޙައްމަދު
  • 3- ޢަބްދުﷲ ޙަޔާން ޙަމީޒް
  • 4-މުޙައްމަދު ޝައިޙާން ޢަލީ
  • 5- މާޔާ މުޙައްމަދު
  • 6- ޢަލީ ސައުދާން ޝަހީމް
  • 7-ޢަލީ ސާމް ނާޡިމް
  • 8-ޙަސަން ޢިބްނު ޝަފީޢު
  • 9-ފާޠިމަތު ޝުބާ ނަޢީމް
  • 10- އަލްޙާފިޡް ނާދިހް ޢަބްދުލްޙަމީދު
  • 11- މުޙައްމަދު ސާޢީ މުބާރިކް
  • 12-ޢާދަމް ނާއިޝް ނަސީމް

މި މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ހަރަކާތްތެރިވަނީ އަލްއުސްތާޛް ޖަންނަތު ސަޢީދާއި، އަލްއުސްތާޛާ ޒުލައިޚާ އިބްރާޙިމް އަދި އަލްއުސްތާޛް ޢަބްދުލް ޖަލީލް އިސްމާއީލްއެވެ. މި މުބާރާތުގެ ފުރަތަމަ ޝޯގައި ބައިވެރިން ފުރަތަމަ ކިޔަވާފައިވަނީ މަޝްހޫރު ޤާރީން ކިޔަވާފައިވާ ރާގުތަކަށެވެ. ދެން ބައިވެރިން ކިޔެވީ ހިތުންނެވެ. ފުރަތަމަ ރޭވެސް ބައިވެރިންގެ ފަރާތުން ރީތި ކިޔެވުންތަކެއް ފެނިގެންދިޔައެވެ.

އަންނަ ހޮނިހިރު ދުވަހު ދައްކާ މި މުބާރާތުގެ ދެވަނަ ޝޯގައި ޖަޖުންގެ މާރކްސް އާއެކު ދެ ބައިވެރިއަކު މުބާރާތުން ވަކިވާނެއެވެ. އުމުރުން 8 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ 1 ވަނަ އަށް ހޮވޭ ކުއްޖަކަށް 3 ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. ދެވަނައަށް 1 ލައްކަ ރުފިޔާ އަދި 3 ވަނަ އަށް 50،000ރ (ފަންސާސް ހާސް ރުފިޔާ)ގެ ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިފަވެއެވެ.

ޙަސަނު

މިއަދު ހަވީރު ނަމްޒާމެން ގެނެސްދިން ޕްރޮގްރާމް ގަ އެއްފޯންނަމްބަރަކަށް ގިނަ އިނާމުތައް ލިބުނީ