ޚަބަރު

އިކުއަޓޯރިއަލް ގިނީއާއެކު ރާއްޖެއިން ޚާރިޖީ ގުޅުން ޤާއިމުކޮށްފި


އިކުއަޓޯރިއަލް ގިނީއާއެކު ރާއްޖެއިން ޚާރިޖީ ގުޅުން ގާއިމުކޮށްފިއެވެ.
މިކަމުގެ އެއްބަސްވުމުގައި ދެޤައުމުގެ ފަރާތުން ސޮއިކުރީ މިއަދު އެމެރިކާގެ ނިއުޔޯކުގައި ހުންނަ އިކުއަޓޯރިއަލް ގިނީގެ މިޝަންގެ އޮފީހުގައެވެ.

ރާއްޖޭގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ނިއުޔޯކުގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ.ޢަލީ ނަސީރު މުހައްމަދެވެ. އިކުއަޓޯރިއަލް ގިނީގެ ފަރާތުން ސޮއިކުރެއްވީ ނިއުޔޯކުގައި ހުންނަވާ އެޤައުމުގެ ދާއިމީ މަންދޫބު އަނަޓޯލިއޯ ންޑޮންގްމުބާއެވެ.

މެދުތެރޭ އެފްރިކާގެ ގައުމެއް ކަމުގައިވާ އިކުއަޓޯރިއަލް ގިނީއަކީ ރާއްޖެއިން ޚާރިޖީ ގުޅުން ގާއިމުކުރި 169 ވަނަ ގައުމުކަން ފާހަގަކުރެވެއެވެ. އާބާދީގައި 1.2 މިލިޔަނެއްހާ މީހުން ދިރިއުޅޭ މި ޤައުމަކީ ތެލުގެ މުއްސަނދިކަން ލިބިވައިވާ ޤައުމެކެވެ. އެފްރިކާގައި އެންމެ ގިނައިން ތެޔޮ އުފައްދާ އެއްޤައުމަކީ މިއީއެވެ.