ޚަބަރު

މަޝްހޫރު އެލްޖީ ގްރޫޕުގެ ޗެއަރމަން، ކޫ ބޮން-މޫ މަރުވެއްޖެ


ދެކުނު ކޮރެއާގެ މަޝްހޫރު ޓެކް ކުންފުނި އެލްޖީ ގްރޫޕުގެ ޗެއަރމަން، ކޫ ބޮން-މޫ ގިނަ ދުވަސްތަކެއް ވަންދެން ސިކުޑީގެ ބައްޔަކަށް ފަރުވާ ހޯދަމުންދިއުމަށްފަހު މަރުވެއްޖެ.

އެލް.ޖީ ގްރޫޕުން ނެރުނު ބަޔާނެއްގައިވަނީ 73 އަހަރުގެ ކޫ ބޮން-މޫ ސިކުޑީގެ ބައްޔެއްޖެހި ފަރުވާދެމުންދާތާ އަހަރެއްހައިދުވަސް ވެފައިވާކަމަށެވެ. އަދި މިބަލީގެ ސަބަބުން އޭނާ ސާރޖަރީއެއްވެސް ހަދާފައިވާކަމަށެވެ.

އެލްޖީ ކުންފުނީގެ ތިން ވަނަ ޗެއަރމަން، ކޫވަނީ އޭނާ އެކުންފުނި ހިންގި ދައުރުގެ ތެރޭގައި ކުންފުނީގެ ނަން ލަކީ ގޯލްޑް ސްޓާއިން އެލްޖީއަށް ބަދަލްކޮށްފައެވެ. އަދި ކުންފުނީގެ ހިންގުމަށް އިންޤީލާބީ ބަދަލްތަކެއް ގެނެސް، އިލެކްޓްރޯނިކްސް، ކެމިކަލްސް އަދި ޓެލެކޮމިއުނިކޭޝަންގެ ދާއިރާއަށް ކުންފުނީގެ ވިޔަފާރި ފުޅާކޮށްފައެވެ. އޭނާގެ މޭސްތިރިކަންދަށުން އެލްޖީ ކުންފުނި ވަނީ ދެކުނު ކޮރެއާގެ އިޤްތިސާދަށް ފައިދާކުރެވިނި ބަދަލްތަކެއް ގެނުވާފައެވެ.

އޭނާގެ ޗެއަރމަންކަމުގެ ދަށުން އެލްޖީ ކުންފުނިންވަނީ އެލްޖީ އެލެކްޓްރޯނިކްސް، އެލްޖީ ޑިސްޕްލޭ އަދި އެލެކްޓްރިކް ކާރުގެ ބެޓެރި އުފައްދާ އެލްޖީ ކެމްގެ ވިޔަފާރި މުޅި ދުނިޔެއަށް ފުޅާކޮށްފައެވެ. ކޫ ނިޔާވުމާގުޅިގެން އޭނާގެ އެލްޖީ ކުންފުނީގެ ޗެއަރމަންގެ މަޤާމަށް އޭނާގެ ދަރިފުޅު، ކޫ ކުއަންގް މޫ، އައްޔަނުކުރުމަށް އެކުންފުނީގެ ބޯޑުން ވަނީ ނިންމާފައެވެ.

އެލްޖީ ކުންފުންޔަކީ ދެކުނު ކޮރެއާގެ 4ވަނައަށް އެންމެ ބޮޑު ކޮންގްލޯރޮމޭޓަށްވާއިރު، މިއީ ދުނިޔެއަށް ނަންމަޝްހޫރު ބްރޭންޑެކެވެ. ރާއްޖޭގައިވެސް މިބްރޭންޑުގެ އެލެކްޓްރޯނިކްސް އަދި އެހެނިހެން ޕްރޮޑަކްޓްތައް ވިއްކަމުންދެއެވެ.