ޚަބަރު

ޒިޔާރަތް މިސްކިތް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުޅުއްވައިދެއްވައިފި


ޔުނިވާރސަލް އެންޓަޕްރައިސަސްގެ ފަރާތުން ޢިމާރާތްކުރި "ޒިޔާރަތް މިސްކިތް" ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް "ޒިޔާރަތް މިސްކިތް" ރަސްމީކޮށް ހުޅުއްވައިދެއްވީ މިއަދުގެ ހުކުރު ނަމާދު ވަގުތުގައެވެ. މި މިސްކިތަކީ ޔުނިވާސަލް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން، ކުރީގެ ޒިޔާރަތް މިސްކިތް ހުރިތަނުގައި ބިނާކުރި މިސްކިތެކެވެ. ޒަމާނީ ފެންވަރަށް، ތިން ފަންގިފިލާއަށް ޢިމާރާތްކޮށްފައިވާ މި މިސްކިތުގައި އެއްފަހަރާ 1200 އަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެއެވެ. މިސްކިތް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ، ޒިޔާރާތް މިސްކިތުގައި ކުރި ހުކުރު ނަމާދު ޖަމާޢަތުގައި ކުރެއްވިއެވެ.

މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު ވިދާޅުވީ، މި މިސްކިތަކީ ޔުނިވާސަލް ކުންފުނީގެ ފަރާތުން ރައްޔިތުންނަށް ދެއްވި ހަދިޔާއެއްކަމަށެވެ.

ޒިޔާރަތް މިސްކިތް ހުރި ތަނުގައި އައު މިސްކިތެއް ޢިމާރާތްކުރުމަށް ސަރުކާރުން ނިންމެވީ، ކުރިން ހުރި މިސްކިތުގެ ޢިމާރާތަކީ ސާޅީހަށްވުރެ ގިނަ އަހަރުވެފައިވާ މިސްކިތަކަށްވެފައި، ޢިމާރާތް ބާވުމާއި ޖާގައިގެ ގޮތުން ދިމާވެފައިވާ މައްސަލަ ހައްލުކުރެއްވުމުގެ ގޮތުންނެވެ.