ޚަބަރު

ރަމަޟާން މަހު ވެމްކޯއިން ކުނިނަގާ ވަގުތު އިތުރުކޮށްފި


ރަމަޟާން މަހު ގޭބިސީތަކުން ކުނިނަގާ ވަގުތު ވެމްކޯއިން އިތުރުކޮށްފިއެވެ.

ވެމްކޯއިން ބުނީ ކުރިން ހަމައެކަނި ރޭގަނޑު 8 އިން ދަންވަރު 12އަށް ގޭބިސީތަކުން ކުނި ގެނިޔަސް، މިހާރު ގެނައި ބަދަލާއެކު ކޮންމެ ދުވަހެއްގެ މެންދުރު 2 އިން ހަވީރު 5އަށްވެސް ކުނިނަގާނެ ކަމަށެވެ. އަދި މިގޮތަށް ކުނިއުކާ ގަޑި އިތުރުކުރީ ކުރިން ކުނި އުކަމުންދިޔަ ގަޑީގައި ހުރިހާ ގޭބިސީތަކުން ކުނި ނެގުމަށް ދަތިވާތީކަމަށް ވެމްކޯއިން ބުނެއެވެ.

ރަމަޟާން މަހު ހަމައެކަނި ރޭގަނޑުގެ ވަގުތުގައި ކުނިނަގަން ކުރިން ހަމަޖެއްސީ ވެމްކޯއިން ކުރި ސަރވޭއަކަށް ބަލާ، އެއީ އެންމެ ރަނގަޅު ވަގުތުކަމަށް ފެންނާތީއެވެ. ނަމަވެސް ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެ ތަޖުރިބާއަށްބަލާ ވަގުތު އިތުރުކުރަންޖެހޭކަން ފާހަގަކުރެއްވިފައިވާކަމަށް ވެމްކޯއިން ބުނެއެވެ. އެގޮތުން ހަމައެކަނި ރޭނގަނޑު ކުނި ނަގާ ވަގުތު ހުރިހާ ގެއަކުން ކުނިނަގަން އުނދަގޫވާކަން ވެމްކޯއިން ފާހަގަކުރެއެވެ.

މިހާރު ގެނައި ބަދަލާއެކު ދުވާލާއި ރޭގަނޑުގެ ވަގުތުގައިވެސް ކުނި ނަގާނެކަމަށް ވެމްކޯއިން ބުނެއެވެ. އަދި މީގެ ސަބަބުން ޚިދުމަތް ހޯދާ ފަރާތްތަކަށް އިތުރަށް ފަސޭހަވެގެންދާނެކަމަށް ވެމްކޯއިން ބުނެއެވެ.

ހަޖަމް

ނުވިކަމަށް ހުއްޓާލާ. ޢަދި މި ރޯދަމަހު ކުނި ނުގެންދޭ. ދުވާވަހުން ބޯހަލާކު