ޚަބަރު

އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް ވިއްސާރަކުރާނެ - މެޓް އޮފީސް


ކުރިއަށް އޮތް 24 ގަޑިއިރު ތިލަދުންމަތީ އުތުރުބުރިއާއި ލ. އަތޮޅާއި ދެމެދުގެ އެކި ހިސާބުތަކަށް ގުގުރުމާއިއެކު ވިއްސާރަކުރާނެކަމަށް މޫސުމާއިބެހޭ އިދާރާއިން ބުނެފިއެވެ. މެޓް އޮފީހުން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކިީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށެވެ. މި އަތޮޅުތަކުގެ އިތުރުން ރާއްޖޭގެ އެހެން ސަރަޙައްދުތަކަށްވެސް ކެރީގެ އަސަރުކުރާނެކަމަށް މެޓް އޮފީހުން ބުނެއެވެ.

މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި، 18 މޭލާއި ދެމެދުގެ ބާރުމިނުގައި، އަދި އެހެން ހިސާބުތަކަށް 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައިި 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ. މީގެ އިތުރުން މެދުތެރޭ ސަރަޙައްދުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެކަމަށާއި، އެހެން ސަރަޙައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ.