ޚަބަރު

ޕޫލް ތީމް ޕާކު ތަރައްޤީކުރުމަށް ބިޑު ހުށައެޅުމަށް ދިން މުއްދަތު އިތުރުކޮށްފި


ކުރީގެ ސިޓީ ޕާކު ހުރި ބިމުގައި ތަރައްޤީކުރުމަށް ޕޫލް ތީމް ޕާކަށް ބިޑު ހުށައެޅުމަށް ދިން މުއްދަތު އިތުރުކޮށްފިއެވެ. ހައުސިން މިނިސްޓްރީން ބުނީ މި ޕާކްގެ މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތަކުން މިމަހުގެ 27ވަނަ ދުވަހުގެ ކުރިން ބިޑު ހުށައަޅަންޖެހެއެވެ.

ކުޑަކުދިނާއި، ބޮޑެތި މީހުންނަށްވެސް ބޭނުންކުރެވޭގޮތަށް ތަރައްޤީކުރާ މި ޕާކު ތަރައްޤީކޮށް ހިންގާނެ ބަޔަކު ހޯދުމަށް ހައުސިން މިނިސްޓްރީން އިޢުލާނުކުރީ މިދިޔަމަހުގެ ތެރޭގައެވެ. ހައުސިން މިނިސްޓްރީން ބުނީ މި ޕާކު ތަރައްޤީކުރާނީ ޕާކުގެ މެދުގައި އެއްފޫޓާއި، ހަތަރު ފޫޓު ފުންމިނުގެ ޕޫލެއް ހެދުމަށްވަނީ ހަމަޖެހިފައެވެ. އަދި ޕޫލް ތެރޭގައި ފެނުގެ ކުޅިވަރިތައް ކުޅެވޭގޮތަށް ޕްލޭ ސްޓްރަކްޗަރތައް ޤާއިމުކުރުމަށްވެސް ހަމަޖެހިފައިވެއެވެ. މީގެއިތުރުން ޕޫލްގެ ވަށައިގެން ކުޑަޖެހުމާއި، އިށީނދެގެން ތިބޭގޮތަށް ބެންޗްތައްވެސް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ޕާކު ތަރައްޤީކުރަނީ ތިމާވެއްޓާއި ރައްޓެހިކޮށް، ހިޔާވާ ގަސްތަކާއި، ތަފާތު މާގަސްތައް އިންދައިގެންކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.

މި ޕާކުގައި ޗޭންޖިން ރޫމާއި ފާހަނާއި ހިމެނޭ ގޮތަށް ތިން ބުރީގެ މަލްޓި ޕާސް އިމާރާތެއް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މި އިމާރާތުގެ އެންމެ ތިރީގައި ނާރސިން ރޫމެއް ހުންނާނެކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެއެވެ. މި ޕާކްގެ މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތަކުން މިމަހުގެ 26ވަނަ ދުވަހުގެ ކުރިން ބިޑް ހުށައަޅަންޖެހެއެވެ.

ކުރިން ސަލްޓަންޕާކްގައި ހުރި ލެޑް ޕާކް ސިޓީ ޕާކަށް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށްފަހު އެ މަސައްކަތްވަނީ ހުއްޓިފައެވެ.