ވިޔަފާރި

އުރީދޫއިން "ހުއާވޭ ޕީ- ޓުވެންޓީ" ސީރީޒްގެ މޯބައިލް ފޯން ރާއްޖޭގެ ބާޒާރަށް ނެރެފި


އުރީދޫ މޯލްޑިވްސް އިން ޗައިނާގެ މަޝްހޫރު މޯބައިލް ބްރޭންޑެއްކަމަށްވާ ހުއާވޭގެ އެންމެފަހުގެ އުފެއްދުން "ހުއާވޭ ޕީ-ޓުވެންޓީ" ސީރީޒްގެ މޯބައިލް ފޯން ރާއްޖޭގެ ބާޒާރަށް ނެރެފި ދުނިޔޭގެ ފުރަތަމަ "ލެއިކާ ޓްރިޕްލް ކެމެރާ" ފީޗަރއާއެކު އުފައްދާފައިވާ މި މޯބައިލް ފޯނަކީ ފޮޓޯ ނެގުމަށް ލޯބިކުރާ ފަރާތްތަކަށް ޚާއްސަ ކަންތައްތަކަކާއެކު ތަޢާރަފުކޮށްފައިވާ ފޯނެކެވެ.

އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ ބާޒާރަށް އަލަށް ތަޢާރަފުކުރި ޗައިނާގެ މަޝްހޫރު މޯބައިލް ބްރޭންޑް ހުއާވޭގެ "ޕީ-ޓުވެންޓީ" ސީރީޒްގެ މޯބައިލް ފޯނުތަކަކީ އެންމެފަހުގެ ޒަމާނީ ޓެކްނޮލޮޖީއާއެކު ސްމާޓް މޯބައިލްގެ ދުނިޔެއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާފައިވާ ބްރޭންޑެކެވެ. "ޕީ-ޓުވެންޓީ" ސީރީޒްގައި ދެ މޮޑެލްއެއްގެ ފޯންތަކެއް ހިމެނެއެވެ. އެއީ ހުއާވޭ "ޕީ-ޓުވެންޓީ" އާއި "ޕީ-ޓުވެންޓީ ޕްރޯ"އެވެ. މިއީ ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީގެ ދާއިރާއަށް ލޯބިކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ތަފާތު ގިނަ ފީޗާރޒްތަކެއް ހިމެނޭހެން އުފައްދާފައިވާ ފޯނެކެވެ.

މީގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ "ޕީ-ޓުވެންޓީ ޕްރޯ"ގައި އެކުލެވޭ އެންމެފަހުގެ ޒަމާނީ ފީޗަރތަކެވެ. ޢާއްމުކޮށް ބޭނުންކުރާ ސްމާޓް ފޯންތަކުގައި ހިމެނެނީ އެންމެ ފްރަންޓް ކެމެރާއަކާއި، ބެކް ކެމެރާއެކެވެ. ނަމަވެސް މި ފޯން ފަރުމާކޮށްފައިވަނީ ފްރަންޓް ކެމެރާއާއެކު އިތުރު 3 ބެކް ކެމެރާ ހިމެނޭހެންނެވެ. "ލެއިކާ ޓްރިޕަލް ކެމެރާ" ފީޗަރއާއެކު ޑިޒައިންކޮށްފައިވާ މި ފޯނުގެ ކެމެރާތަކުގެ ކޮލެޓީއަށް ބަލާލާއިރު، 40 މެގަރޕިކްސެލްގެ އާރ.ޖީ.ބީ ސެންސަރ ކެމެރާއެއްގެ އިތުރުން، 20 މެގަރޕިކްސެލްގެ މޮނޮކްރޯމް ސެންސަރއަކާއި، 8 މެގަޕިކްސެލްގެ ޓެލެފޮޓޯ ލެންސްއެއް މި ފޯނުގައި އެކުލެވިގެންވއެވެ.

މީގެ އިތުރުން މި ފޯނުން ނަގާ ފޮޓޯއާއި ވީޑިއޯގެ ކުލަ ހެޔޮވަރުކުރުމަށްޓަކާވެސް އެކަމަށްޓަކާ ޙާއްސަ "ކަލަރ ޓެމްޕަރޭޗަރ ސެންސަރ" އެއް ހިމަނާފައިވެއެވެ. މި ނޫނަސް ފޮޓޯގްރަފީއާއި ގުޅުންހުރި ތަފާތު ފީޗަރތަކާއެކު ފަރުމާކޮށްފައިވާ މި ފޯން ޑިޒައިންކޮށްފައިވަނީ އެންމެ އާދައިގެ މީހަކަށްވެސް ފަސޭހަކަމާއެކު، ކޮލެޓީ ރަނގަޅު ފޮޓޯ ނެގޭނޭހެންނެވެ.

ހުއާވޭގެ "ޕީ-ޓުވެންޓީ" ސީރީޒްގެ ފޯނުތައް ރާއްޖޭގެ ބާޒާރަށް ނެރުމަށް ބޭއްވި ހަފްލާގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން ވާހަކަދައްކަވަމުން އެކުންފުނީގެ އެގްޒެކެޓިވް ޓާޓާ، ކޮންޓެންޓް އެންޑް ޑިވައިސަސް އައިމިނަތު އަމާނީ ވިދާޅުވީ، އުރީދޫ މެދުވެރިކޮށް މި ފޯން ގަންނަން ބޭނުންވާ ކަސްޓަމަރުން ވަކި ޚާއްސަ ޕޯސްޓް ޕެއިޓް ޕެކޭޖެއް ނަގާކަށް ނުޖެހޭނެކަމަށެވެ. އަދި އެއް އަހަރު ދުވަހަށް ބަހާލައިގެން އިންސްޓޯލްމަންޓް އުސޫލުން ފޯން ނެގުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. މީގެ އިތުރުން އުރީދޫ މެދުވެރިކޮށް ޕީ-ޓުވެންޓީ ސީރީޒްގެ ފޯންތައް ގަންނަ ފަރާތްތަކަށް އެކުންފުނިން ވަނީ 1 އަހަރު ދުވަހަށް 3 ޖީބީގެ އިންޓަރނެޓްގެ ޚިދުމަތް މުޅިން ހިލޭ ލިބޭނެފަދަ އިންތިޒާމެއް ހަމަޖައްސާފައެވެ.

ހުއާވޭގެ "ޕީ-ޓުވެންޓީ" ސީރީޒްގެ މޯބައިލް ފޯން ރާއްޖޭގެ ބާޒާރަށް ނެރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ހަފުލާ ކުރިއަށްގެންގޮސްފައިވަނީ މުނިފޫހި ފިލުވުމުގެ ހަރަކާތްތަކާއެކުއެވެ. އަދި "ޕީ-ޓުވެންޓީ" ސީރީޒްގެ ފޯނަށް އެންމެ ފުރަތަމަ ޕްރީ-އޯޑަރ ކުރި 2 ކަސްޓަމަރުންނަށް، އުރީދޫއިން ވަނީ މިހަފުލާގައި ފޯން ހަވާލުކޮށްފައެވެ. ހުއާވޭގެ "ޕީ-ޓުވެންޓީ" ސީރީޒް މި 2 ފޯނު ދުނިޔޭގެ ބާޒާރަށް ނެރެފައިވަނީ މިއަހަރުގެ މާރޗްމަހުގެ 27 ވަނަ ދުވަހު ފްރާންސްގެ ވެރިރަށް ޕެރިސްގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައެވެ.

ވަންޑޮލާ

އެއަށް ކިޔަނީ "ވާވޭ". އެއަށް ކިޔަން ވީނު "ހުއާވޭ ޕްހޯން". ފޯން ކިޔުމުގެ ބަދަލުގައި.