ޚަބަރު

ރަޝިޔާގެ ރައީސް ވްލަޑިމީރް ޕުޓިން މަޤާމުގެ ހުވާ ކުރައްވައިފި


ރަޝިޔާގެ ރައީސް ވްލަޑިމީރް ޕުޓިން، ރިޔާސީ ހަތަރު ވަނަ ދައުރަކަށް މަޤާމުގެ ހުވާ ކުރައްވައިފިއެވެ. މިކަމަށްޓަކައި ކްރެމްލިންގައި ބޭއްވި ރަސްމިއްޔާތެއްގައި ޕުޓިން މަޤާމުގެ ހުވާކުރެއްވީ 5000 މީހުންގެ ޙާޒިރުގައެވެ.

މި ރަސްމިއްޔާތުގައި ޤައުމާ މުޚާތަބުކުރައްވައި ވާހަކަދައްކަވަމުން ޕުޓިންވަނީ، އޭނާ ރިޔާސީ ހަތަރު ވަނަ ދައުރަކަށް އިންތިޚާބު ކުރިކަމަށްޓަކައި ރަޝިޔާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. އެންމެ ފަހުން ރަޝިޔާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ހަތް ކެންޑިޑޭޓަކާ ޕުޓިން ވާދަކުރައްވައިގެން ވޯޓުގެ %75.7 ހޯއްދަވާފައިވެއެވެ.

ޕުޓިން ވަނީ އޭނާގެ ވެރިކަމުގައި ރަޝިޔާ ހޭދަކުރި މުއްދަތުގައި ހުރިހާ ގޮތަކުންވެސް ރަޝިޔާ ވަރަށް ބޮޑަށް ތަރައްޤީކުރައްވައި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދެއްވާފައެވެ. އަދި ޕުޓިންގެ ޒަޢާމަތުގައި ރަޝިޔާ ވަނީ، ބައިނަލްއަޤުވާމީ ބޮޑު ބާރެއްގެ ގޮތުގައި އަލުން ހަރަކާތްތެރިވާން ފަށާފައެވެ.