ބޮޑުހިތި ރިސޯޓުގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ބޮޑުހިތި ރިސޯޓުން މަޢުލޫމާތު ދީފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އަލިފާން ރޯވީ "ދުވެލި 17" ނަމަކަށްކިޔާ ލޯންޗެއްގައިކަމަށް އެމްއެންޑިއެފުން ބުނެއެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ 19:40 ހާއިރުކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.