ޚަބަރު

ލޯނު ހޯދުމަށް ހުރި ފުރުސަތު ތަކާ ގުޅޭގޮތުން އޭޑީބީއާއިއެކު މަޝްވަރާކޮށްފި


އޭޝިއަން ޑީވެލޮޕްމަންޓް ބޭންކް (އޭޑީބީގެ) ރައީސް ޓަކިހީކޯ މަކާއޯއާ އާއި ރާއްޖޭގެ ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ބައްދަލުކުރައްވައި ރާއްޖޭގާއި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރުޢުތަކަށް މާލީ އެހީ ހޯދުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އޭޑީބީގެ 51 ވަނަ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ފިނޭންސް މިނިސްޓަރު ފިލިޕީންސްއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިންނެވެ.

މި ދެބޭފުޅުން ކުރިއަށް ގެންދެވި މަޝްވަރާގައި ރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކަށް ފައިސާ ހޯދުމާއި، ދިގުމުއްދަތުން ދައްކައި ޚަލާސްކުރާގޮތަށް، އިންޓްރެސްޓް އެންމެ ކުޑަވާނެހެން ލޯންތައް ނެގުމާއި ގުޅޭގޮތުންވަނީ މަޝްވަރާކޮށްފައެވެ.

މި ދަތުރުފުޅުގައި އޭޑީބީގެ ރައީސްގެ އިތުރުން ވައިސް ޕްރެޒިޑެންޓް ވެންކައި ޒެންގް އާއި ޑިރެކްޓަރ ޖެނެރަލް ހުމް ކިމް އާ، ބައްދަލުކުރައްވައި ފައިނޭންސިންގގެ ދާއިރާގުޅޭ ކަންކަމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރުވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން އޭޑީބީގެ އެހީއާއިއެކު ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫޢުތަކާގުޅޭ މަޢުލޫމާތު ޙިއްސާކުރުމާއި، އޭޑީބީއާއެކު އޮންނަ ގުޅުން އިތުރަށްބަދަހިކުރުމާއި، މާލީ ދަތިތައް ޙައްލުކުރާނެ ގޮތްތަކާގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން ރާއްޖެފަދަ ކުދި ޤައުމުތަކުގެ އިޤްތިސާދު ކުރިއެރުވުމުގައި އޭޑީބީން ދެމުންގެންދާ އެހީތެރިކަން ރާއްޖޭގެފަރާތުންވަނީ މިނިސްޓަރުވަނީ ފާހަގަކުރައްވާފައެވެ.