ޚަބަރު

ފިޔަވަތި ހިޔާގެ މުވައްޒަފުންނަށް އޯޓިޒަމާބެހޭ މަޢުލޫމާތު ދީފި


އޯޓިޒަމް ހުންނަ ކުދިން ބެލެހެއްޓުމުގައި ގެންގުޅެންޖެހޭ އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކާ ގުޅޭ ޚާއްޞަ ޓްރޭނިންގ ޕްރޮގްރާމެއް ހުޅުމާލޭގައި ހުންނަ ފިޔަވަތި މަރުކަޒުގެ މުވައްޒަފުންނަށް ހިންގައިފިއެވެ.

މި ޕްރޮގްރާމުގައި، އޯޓިޒަމް ހުންނަ ކުދިންގެ ހެދިބޮޑުވުމާއި، ޞިއްޙަތާ ގުޅުންހުރި މަޢުލޫމާތާއި، ޚާއްޞަ ސަމާލުކަމާއި ރައްކާތެރިކަން ދިނުމާގުޅޭ ބައިތަކާއި، ކުދިންގެ އަޚުލާޤު ބައްޓަން ކުރެވިދާނެ ގޮތްތަކުގެ އިތުރުން ޢަމަލީ ތަޖުރިބާގެ އަލީގައި ހުނަރު ތަރައްޤީކުރުން ފަދަ މުހިންމު ދާއިރާތައް ހިމެނޭގޮތަށް ސެޝަންތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.
މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ފަރުމާކޮށްފައިވާ މި ޕްރޮގްރާމަކީ، ފިޔަވަތީގައި ދިރިއުޅޭ އޯޓިޒަމް ހުންނަ ކުދިންނަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނޭ ޕްރޮގްރާމެއްކަމަށާއި، ކުރިމަގުގައި މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން މިފަދަ އިތުރު ޕްރޮގްރާމްތަކެއް އިންތިޒާމުކުރުމަށް ހަމަޖެހިފައިވާކަމަށް ޖެންޑަރ މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ޖެންޑަރ މިނިސްޓްރީގެ އިންސްޓެގްރާމް /ފިޔަވަތި ހިޔާގެ މުވައްޒަފުންނަށް އޯޓިޒަމާބެހޭ މަޢުލޫމާތު ދިނުމަށް ބޭއްވި ޕްރޮގްރާމާބެހޭގޮތުން

ކުރުނބާ މޯލްޑިވްސްއާއި, އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާރކް)އާއި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ އެހީތެރިކަމާއެކު، އޯޓިޒަމް ސެންޓަރުގައި މި މަހުގެ 17 އިން 30 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ފިޔަވަތީގެ އިސް ވެރިންނާއި، ސުޕަރވައިޒަރުންނާއި، ޓީޗަރުން އަދި ކެއަރ ވޯރކަރުން ހިމެނޭހެން ޖުމުލަ 16 މުވައްޒަފުން ބައިވެރިވެފައިވެއެވެ.