ޚަބަރު

ސްވަންސީ ބަލިކޮށް ޗެލްސީ ޗެމްޕިއަންސް ލީގުގެ އުއްމީދު ދަމަހައްޓައިފި


އެކެއް ސުމަކުން ސްވެންސީ ސިޓީ ބަލިކޮށް، ޗެލްސީ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމުގެ އުންމީދު އާކޮށްފިއެވެ.

ޕްރިމިއަރ ލީގުގައި ސްވެންސާ އަތުން ޗެލްސީ މޮޅުވި ގޯލް މެޗްގެ ހަތަރުވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ސެސްކް ފެބްރިގާސްއެވެ.

މި މޮޅަށްފަހު ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނީ މެޗުން ލިބުނީ ވަރަށް މުހިންމު ތިން ޕޮއިންޓް ކަމަށާއި ޗެމްޕިއަންސް ލީގަށް ދިޔުމާއި ނުދިޔުން ބިނާވަނީ ޓޮޓްނަމްގެ ނަތީޖާ އަށް ކަމަށެވެ. ކޮންޓޭ ބުނީ ޗެލްސީއަށްވުރެ ދެ ޕޮއިންޓް އިތުރަށް ހޯދައިގެން އޮތް ޓޮޓްނަމަށް ވަޓްފޯޑާ އެކު ކުޅޭ މެޗުން މޮޅުވުމުގެ ޕްރެޝަރާ ކުރިމަތިވެފައި ކަމަށް ގަބޫލުކުރާކަމަށެވެ.

މިހާރު މުހިންމީ ކުޅޭ ކޮންމެ މެޗަކުންވެސް މޮޅުވުންކަމަށާއި، އެއްވެސް މެޗަކުން ބަލިވުމަކީ ކުރިއަށްދިޔުމަށް އެޅޭނެ ބޮޑު ހުރަހަކަށްވާނެކަމަށް ކޮންޓޭ ބުންޏެވެ.

މިނަތީޖާއާއެކު ޗެލްސީ އޮތީ ފަސްދޮޅަސް ހަ ޕޮއިންޓާއެކު ލީގް ތާވަލްގެ ފަސްވަނައިގައެވެ. ލީގްގައި ދެން މިދެޓީމް ބައްދަލުކުރާ މެޗްތައް އޮންނާނީ ހޮނިހިރު ދުވަހުގައެވެ. ސްވެންސީ ސިޓީ، ބޯންމައުތާ ދެކޮޅަށް ނުކުންނައިރު ޗެލްސީ ނުކުންނާނީ ލިވަޕޫލާއި ދެކޮޅަށެވެ.