މުނިފޫހިފިލުވުން

މޯލްޑިވިއަންއައިޑަލް ސީޒަން 3 : ގަދަ 3 އިޢުލާން ކުރުން މިރޭ


ވާދަވެރި ހުށައެޅުންތަކަކަށްފަހު މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގްރޭންޑް ފިނާލޭގައި ވާދަކުރާނެ 3 ބައިވެރިން އިޢުލާން ކުރުން މިރޭ އޮންނާނެއެވެ.

މިފަހަރުގެ ސީޒަންގެ ގަދަ 3 ބައިވެރިން އިޢުލާން ކުރުން އޮންނާނީ މިރޭ ބާއްވާ ގާލާ ރައުންޑުގެ އެންމެ ފަހު އެލިމިނޭޝަން ނައިޓުގައެވެ. މި ޝޯވ ޓީ.ވީ.އެމުން ގެނެސްދިނުމަށް ހަމަޖެހިފައިވަނީ މިރޭ 22:30 ގައެވެ.

ގްރޭންޑް ފިނާލޭގެ އެންމެފަހު ޝޯވ 2 ތީމަކަށް ޙާއްސަކޮށްފައިވާއިރު، މި މުބާރާތުގައި މިހާރު ވާދަކުރާ ގަދަ 5 ބައިވެރިންގެ ތެރެއިން ކޮންމެ ބައިވެރިއެއްގެ ފަރާތުންވެސް ދެ ސޯލޯ ޕަރފޯމަންސް ވަނީ ފެނިގެންގޮސްފައެވެ. އެގޮތުން ރޭގެ ޝޯވގައި ބައިވެރިން އެންމެ ފުރަތަމަ ހުށައަޅައިދީފައިވަނީ "ފޭންސް ޗޮއިސް" މި ތީމަށެވެ. އަދި ޝޯވގެ ދެވަނަ ތީމް "ދަ ސޯންގް ދެޓް އިންސްޕަޔަރޑް މީ" އަށް ޙާއްސަކޮށްފައިވާއިރު، ރޭގެ ޝޯވގައިވެސް ބައިވެރިންގެ ފަރާތުން ވަނީ ފޯރިގަދަ ހިތްގައިމު ހުށައެޅުންތަކެއް ފެނިގެންގޮސްފައިވެއެވެ.

ކުރީގެ އެލިމިނޭޝަން ނައިޓްތަކާއި ޚިލާފަށް މިރޭގެ އެލިމިނޭޝަން ނައިޓުގައި 2 ބައިވެރިއަކު މި މުބާރާތުން ވަކިވެގެންދާއިރު، ގަދަ 3 ގައި ވާދަކުރާނެ ބައިވެރިއަކު ކަނޑައަޅާނީ ޖަޖުންގެ 50 އިންސައްތަ މާކްސް އަދި ބެލުންތެރިންގެ ފަރާތުން ލިބޭ 50 އިންސައްތަ ވޯޓު އެއްކޮށްލުމުން ބައިވެރިންނަށް ޕޮއިންޓް ލިބޭ ތަރުތީބުންނެވެ.

އައިޑަލްގެ ސީޒަން ތިނެއްގެ ގަދަ 5 ގައި ވާދަކުރަނީ 3 އަންހެން ބައިވެރިންނާއި، 2 ފިރިހެން ބައިވެރިންނެވެ. އެއީ، އައިޝަތު އަޒަލް އަލީ ޒާހިރު، މަރިޔަމް މައިޝާ، އައިމިނަތު ސައިނާ މުޙައްމަދު ރަޝީދު، ތަސްލީމް ޢަބްދުލްކަރީމް އަދި ނައުޝާދު ޢަބްދުލްލަތީފެވެ.

އައިޑޯލް

މާރކްސް އެއްވަރު ވާންޖެހުނު ގޮތެއް ވިސްނާ ވިސްނާ ބޮލުގައި ރިއްސާ ރިއްސާ ބޯހަލާކުވެއްޖެ!

އަންދޭ

މިރެއަކު ނުކުރާނެ.. މިރޭމި ވައިލްޑްކާޑު ނައިޓް.. ޕޫއެސްއެމްއަށް އެވަރު ނޭނގޭ؟ ނޫނީ އެނގިހުރެ އޮޅުވާލަނީތަ؟